މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
ނަޑެއްލާ ކައިރިން ބޭރުގެ ބޯޓެއް ފަރަށް އަރައިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެެރިވާން ފަށައިފި
Raajje

ނަޑެއްލާ ކައިރިން ބޭރުގެ ބޯޓެއް ފަރަށް އަރައިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެެރިވާން ފަށައިފި

ގދ. ނަޑެއްލާ ކަރިން ބޭރުގެ ބޯޓެއް ފަރަށް އަރައިގެން ފުލުހުންނާއި އެމްއެންޑީއެފް ހަރަކާތްތެރިވާން ފަށައިފި އެވެ. މިކަން ސާފުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެއްނެވުމުން، އެ ޚިދުމަތުން ”ތިލަދުން” އަށް ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު އިއްޔެ އިރުއޮއްސި 18:21 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ބޯޓުގައި ތިބީ ޕާކިސްތާނަށް ނިސްބަތްވާ 10 މީހުން ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އެ މީހުން މިވަގުތު ތިބީ ނަޑެއްލާގައި ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން […]

ލޯންޗެއް ބަންޑުން ޖަހާލައި އެކަކު ގެއްލި، އިތުރުމީހަކަށް ފަރުވާ ދެނީ
Raajje

ލޯންޗެއް ބަންޑުން ޖަހާލައި އެކަކު ގެއްލި، އިތުރުމީހަކަށް ފަރުވާ ދެނީ

ލޯންޗެއް ބަންޑުން ޖަހާލައި އެކަކު ގެއްލި، އިތުރުމީހަކަށް ފަރުވާ ދޭން ފަށައިފި އެވެ. ފުލުހުން ވިދާޅުވީ އއ. މާޅޮހު ދެކުނުން ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނިފައިވާ ކަމަށާއި އެ ލޯންޗު ފެނުނު އިރު އެ ލޯންޗުން އެކަކު ގެއްލިފައިވާ ކަމަށެވެ. އަދި އިތުރު މީހަކަށް ފަރުވާދެމުން އަންނަކަމަށެވެ. ފުލުހުން އިތުރަށް ވިދާޅުވީ އިއްޔެ މެންދުރު އެކެއްޖަހާކަންހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ ލޯންޗު ފުރީ މާލެ، […]

ނަންބަރު ބޯޑު ގަވާއިދާ ޚިލާފަށް ހުރުމުން ނަސޭހަތްދިން މީހުންގެ އަދަދު 1410 އަށް
Raajje

ނަންބަރު ބޯޑު ގަވާއިދާ ޚިލާފަށް ހުރުމުން ނަސޭހަތްދިން މީހުންގެ އަދަދު 1410 އަށް

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑް ގަވާއިދާ ޚިލާފަށް ހުރުމުގެ ސަބަބުން މިހައިތަނަށް 1410 މީހަކަށް ނަސޭހަތް ދީފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެ އެވެ. އެ އިދާރާ އިން ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް 1410 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް މީހަކު ޖޫރިމަނާކޮށް، އިތުރު އެހެން ފިޔަވަޅެއް  އަޅާފައި އަދިނުވާނެ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ. ނަންބަރު ބޯޑް […]

އަޛުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ވަނީ ފެނިފައި: ފުލުހުން
Raajje

އަޛުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ވަނީ ފެނިފައި: ފުލުހުން

ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޛުހާން (ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ)ގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. އަޛުހާން ޚަބަރެއްނުވެ، ގެއްލުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެންނެވެ. އެކަން އޭނާގެ ޢާއިލާއިން ފުލުހުންނާ ހިއްސާކޮށްފައި ވަނީ ޖެހިގެންއައި 19 ވަނަ ދުވަހުގެ ރޭ 7:00 ހާއިރުއެވެ. ހޯދަމުންދާ އަޛްހާނާ ބެހޭގޮތުން ފުލުހުން ވިދާޅުވީ، ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު […]

މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ގޮއިދޫން މީހަކު ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ގޮއިދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ގޮއިދޫން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައި ވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބ. ގޮއިދޫ ޕޮލިސް ޕޯސްޓުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ފިރިހެނެކެވެ. އެމީހާ ހައްޔަރުކުރީ ގޮއިދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. ”މި މަހު 27 ވަނަ ދު...

ސަމާސާއަކަށް "ބަޑިއެެއް އޮވެދާނެ" ކަމަށް ބުނި ހަނިމާދޫ އެއަރޕޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފި
Raajje

ސަމާސާއަކަށް "ބަޑިއެެއް އޮވެދާނެ" ކަމަށް ބުނި ހަނިމާދޫ އެއަރޕޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފި

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރައްކާތެރިކަން ގެއްލޭގޮތަށް ވާހަކަދެއްކި އެތަނުގެ މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން “ތިލަދުން” އަށް މަޢުލޫމާތުދެމުން ވިދާޅުވީ ހަނިމާދޫ އެއަރޕޯޓުގެ ރައްކާތެރިކަން ކޮމްޕްރަމައިސް ވާގޮތަށް އެތަނުގެ މުވައްޒަފެއްގެ ބަސްމަގު ހުރުމާއި ގުޅިގެން ސުވާލު ކުރުމަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އިތުބާރު ހުރި މަސްދަރަކުން ތިލަދުން އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަ...

އަޛުހާން އެންމެ ފަހުން ފެނުނީ ހުޅުމާލެ ރެޑްބުލް ދަނޑު ސަރަައްދުން: ފުލުހުން
Raajje

އަޛުހާން އެންމެ ފަހުން ފެނުނީ ހުޅުމާލެ ރެޑްބުލް ދަނޑު ސަރަައްދުން: ފުލުހުން

ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޛުހާން (ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ) އެންމެފަހުން ފެނުނީ ހުޅުމާލޭ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ހޯދަމުންދާ އަޛްހާނާ ބެހޭގޮތުން މިހާތަނަށް ލިބުނު މައުލޫމާތު ހިއްސާކޮށް ފުލުހުން ރޭ ވަނީ ނޫސްބަޔާނެއް އާންމު ކުރައްވާފައެވެ. އެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި އަޛުހާން ޚަބަރެއްނުވެ، ގެއްލުނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެންނެވެ. އެކަން އޭނާގެ ޢާއިލާއިން ފުލުހުންނާ ހިއްސާކޮށްފައި ވަނީ […]

އަލަމްގިީރްގެ ބަރަހަނާ މަންޒަރުތައް ބޭނުންކޮށްގެން ބްލެކްކުރި 3 މީހުން ހައްޔަރުކޮށްފި
Raajje

އަލަމްގިީރްގެ ބަރަހަނާ މަންޒަރުތައް ބޭނުންކޮށްގެން ބްލެކްކުރި 3 މީހުން ހައްޔަރުކޮށްފި

ބަރަހަނާ މަންޒަރު ރެކޯޑްކޮށް އެ ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ އެމީހުން ވަނީ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށްބުނެ ބިރުދައްކައި، ބުލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށްފައިވާ ކަމަށެވެ. އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ ފަސް މީހަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުންގެ ތެރެއިން...

މުލަކުގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައެއް
Raajje

މުލަކުގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައެއް

މ. މުލަކުގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައެއް ބަލަން ފުލުހުން ފަށައިފި އެވެ. އެރަށުގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވިނަމަވެސް އިތުުރު ތަފްސީލެއް އަދިހާމައެއް ނުކުރައްވަ އެވެ. މުލަކު ކައުންސިލުން ބުނީ އެ ހާދިސާ ހިންގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެކަން އެނގުނީ މިއަދު ފަތިހު ކަމަށާއި އެކަން ހިނގައިދިޔަ ގޮތުގެ އެއްވެސް މައުލޫމާތެއް މިހައިތަނަށް އެނގިފައި ނުވާ ކަމަށް ވެސް އެރަށު ކައުންސިލުން ބުންޏެވެ. ސޯޝަލް މީޑިއާ ގައި […]

އުޅަނދުތަކުގެ ނަންބަރު ބޯޑު ރަނގަޅު ކުރަން ކުރު މުހުލަތެއް، އެއަށްފަހު ފިޔަވަޅު އަޅަނީ
Raajje

އުޅަނދުތަކުގެ ނަންބަރު ބޯޑު ރަނގަޅު ކުރަން ކުރު މުހުލަތެއް، އެއަށްފަހު ފިޔަވަޅު އަޅަނީ

ގަވާއިދުގައިވާ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާމެދު ފުލުހުން ފިޔަވަޅު އަޅަން ނިންމައިފި އެވެ. ފުލުހުން މިގޮތަށް ނިންމާފައި މިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ޤަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އެންގުމާއި ގުޅިގެން ނެވެ. އެގޮތުން މިއަހަރުގެ އޮކްޓޯބަރ އެއް ވަނަ ދުވަހާ ހަމައަށް ނަންބަރު ބޯޑުގައި ރަނގަޅު ކުރަން ހުރި ކަންކަމާ ގުޅޭގޮތުން ފުލުހުން ނަސޭހަތްތެރިވަމުންދާނެ...

ހުޅުމާލެއިން ޒުވާނަކު ގެއްލިގެން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
Raajje

ހުޅުމާލެއިން ޒުވާނަކު ގެއްލިގެން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ހުޅުމާލެއިން ޒުވާނަކު ގެއްލިގެން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ ފޭސް ދޭކުން މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ، އުމުރުން 27 އަހަރުގެ މުޙައްމަދު އަޛުހާން   ކަމަށް ފުލުހުން ވިދާޅުވެއެވެ. އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ 19:00 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އޭނާ އެންމެފަހުން ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެކެވެ...

މާފަންނު ޕޮލިސްޓޭޝަނަށް ވަދެ ފުލުހުންނަށް އިންޒާރުދިން މީހަކު ހައްޔަރުކޮށްފި
News

މާފަންނު ޕޮލިސްޓޭޝަނަށް ވަދެ ފުލުހުންނަށް އިންޒާރުދިން މީހަކު ހައްޔަރުކޮށްފި

މާފަންނު ޕޮލިސްޓޭޝަނަށް ވަދެ ފުލުހުންނަށް އިންޒާރު ދިން މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެއެވެ. ސީޕީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ، މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމަށް ތުހުމަތަށް ހައްޔަރުކުރުމުން އެ ގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ޕޮލިސްޓޭޝަނަށް ވަދެ ފުލުހުންނަށް މަރުގެ އިންޒާރު ދިނުމާއި ގުޅިގެން އޭނާ ވެސް މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ....

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އަނެއްކާވެސް ތިން މީހަކު ހައްޔަރުކޮށްފި
Raajje

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އަނެއްކާވެސް ތިން މީހަކު ހައްޔަރުކޮށްފި

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އަނެއްކާވެސް ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެވެ. އެއީ، 44 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 50 އަހަރުގެ މީހެކެވެ. ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އެ މީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފައިކަމަށް ފުލުހުން […]

ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި
Raajje

ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ވެރިރަށް މާލޭގައި ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ތިން ފުލުހަކަށް ހަމަލާދީފައިވާ ކަމަށާއި އެ މަައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކުރީ މިއަދު ހެނދުނު 11:50 ހާއިރު ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. ”އަނިޔާވި ތިން ފުލުހުންނަށް އޭޑީކޭ ގައި ދަނީ ފަރުވާ ދެމުން، ތިން ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާވެފައިވޭ” ފުލުހުން ވިދާޅުވިއެވެ. ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކ...

260 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި
Raajje

260 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްގޮސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 260 އަށްވުރެ ގިނަ މަސްތުވާތަކެތި މިއަދު ނައްތާލައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، އެކި މައްސަލަތަކުގައި 2021 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިހާތަނަށް ނައްތާނުލެވިހުރި 264.93 ކިލޯގެ މަސްތުވާތަކެެތި މިއަދު ދޫނިދޫގައި ނައްތާލާފައިވާ ކަމަށެވެ. ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު ނައްތާލާފައިވަނީ މަސްތުވާތަކެތި ހުރ...