މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް

28 Stories filed
މާފުށީ ޖަލަށް ގެނައި ބޮޑީ ސްކޭނަރު ބޭނުންކުރަން ފަށައިފި
Raajje

މާފުށީ ޖަލަށް ގެނައި ބޮޑީ ސްކޭނަރު ބޭނުންކުރަން ފަށައިފި

ޖަލުގެ ތެރެއަށް ސިއްރުން މަނާތަކެތި ވެއްދުން ހުއްޓުވުމަށާއި ޖަލުގެ ތެރޭން ކުރާ ސްކޭމް ކޯލުތައް ހުއްޓުވަން މާލެ އަތޮޅު މާފުށީ ޖަލުގައި ބަހައްޓާފައިވާ ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފި އެވެ. މާފުށީ ޖަލުގައި އަލަށް ބެހެއްޓި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިންގެ ހިދުމަތް ފައްޓަވާދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ މި ބޮޑީ ސްކޭނަރަކީ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ޖަލުގައި ބެހެއްޓުނު އެންމެ […]

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް މަގާމަށް ސޮބާހް
Raajje

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް މަގާމަށް ސޮބާހް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އެ ސާވިސްގެ ޑެޕިއުޓީ ސްޕްރިންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި އަހްމަދު ސޮބާހް ހަމަޖައްސައިފިއެވެ. ކަރެކްޝަންސް އިން އެތަނުގެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ސޮބާހު އާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރުމުން އޭނާ އަށް މަރުޙަބާ ކިޔާފައެވެ. ޑީސީޕީގެ މަގާމަށް މިއަދު ހަމަޖެއްސި ސޮބާހަކީ ސިވިލް އަދި ޕްރިޒަން އޮފިސަރެއްގެ ގޮތުގައި ކަރެކްޝަނަލް ދާއިރާގައި މަސައްކަ...

ކަރެކްޝަންސްގެ އެސިސްޓެންޓް ކޮމިޝަނަރު އައްޔަންކުރުން ހުއްޓުވި އަމުރު ބާތިލް ނުކުރި
Raajje

ކަރެކްޝަންސްގެ އެސިސްޓެންޓް ކޮމިޝަނަރު އައްޔަންކުރުން ހުއްޓުވި އަމުރު ބާތިލް ނުކުރި

ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުން މުހައްމަދު އާސިފް ވަކިކުރި މައްސަލާގައި, އެ މަގާމަށް އެހެން މީހަކު ނުނަގަން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ބާތިލުކުރެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ. މިދިޔަ ޖުލައި މަހު ކަރެކްޝަންސްގެ އޭސީޕީގެ މަގާމުން އާސިފް ވަކިކުރީ ކަރެކްޝަންސްގެ ޕްރިޒަންސް ކްލަބުގެ އެކައުންޓުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލާގެ ތުހުމަތުގަ އެވެ. އެ މައްސަލަ އާސިފްގެ […]

ޖަލުތަކުން އުކާލާ ކާބޯތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމަށް އެއްބަސްވުމެއް
News

ޖަލުތަކުން އުކާލާ ކާބޯތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމަށް އެއްބަސްވުމެއް

ޖަލުތަކުން އުކާލާ ކާބޯތަކެތި ބޭނުންކޮށްގެން ކާދު (ގަސްކާނާ) އުފެއްދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ސޮނެވާ ނަމޫނާއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އެމްސީއެސް އިން ބުނީ ސޮނެވާ ނަމޫނާއާއެކު، ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފަވާކަމަށެވެ. އެމްސީއެސްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. ސޮނެވާ ނަމޫނާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސާ އަޒް...

ކުޅެން ހުއްޓާ ވެއްޓުނު ގައިދީއަކު މަރުވެއްޖެ
Raajje

ކުޅެން ހުއްޓާ ވެއްޓުނު ގައިދީއަކު މަރުވެއްޖެ

މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ނައިޖީރިއާގެ ރައްޔިތެއް މަރުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނީ މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީ ގައިދީއަކު މިއަދު މަރުވެފައިވާ ކަމަށެވެ. ކަރެކްޝަންސް އިން މައުލޫމާތުދިން ގޮތުގައި މަރުވެފައި ވަނީ ނައިޖީރިއާގެ ރައްޔިތެއްކަމަށްވާ އުމުރުން 35 އަހަރުގެ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ކިޔާ ގައިދީ އެކެވެ. ކަރެކްޝަންސް އިން ބުނީ މިއަދު ހަވީރު އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ޔާޑްގައި އެހެން މީހުންނާއެކު ކުޅެން ހުއްޓާ ކުއްލިއަ...

ހާޝިމް ހުރީ ބަލިހާލު ހުރިގޮތުން ގޭ ބަންދުގައި ބެހެއްޓިފައި: ކަރެކްޝަންސް
Raajje

ހާޝިމް ހުރީ ބަލިހާލު ހުރިގޮތުން ގޭ ބަންދުގައި ބެހެއްޓިފައި: ކަރެކްޝަންސް

ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުންދާ ހާޝިމް އަބޫބަކުރު/ހއ. ހޯރަފުށި، އަންދަލީބުގެ (57އ)ގެ ބަލިހާލު ހުރިގޮތުން މިވަގުތު ހުރީ ވަގުތީގޮތުން ގޭބަންދުގައި ބެހެއްޓިފައިކަމަށް މޯލްޑިވްސް ކަރެކްޝަން ސާވިސަސް އިން ބުނެފިއެވެ. ހާޝިމަކީ 2022 ވަނަ އަހަރުން ފެށިގެން ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހެކެވެ. އޭނާ އަށް މައާފްދީ ދޫކޮށްލާފައިވާކަމަށް މީސްމީޑިއާގައި ފަތުރަމުން އަންނަ ޚަބަރާއި ގުޅިގެން ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައި ބުނީ، 2022 ވަނަ އަހަރު ޖަލުހުކެއް ތަންފީޒު ކުރަމުން އަންނަ ހާޝިމް އ...

ވައިގެ މަގުން އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި
Raajje

ވައިގެ މަގުން އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި

ވައިގެ މަގުން އެތެރެކުރަން އުޅުނު 5.9 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ. ކަސްޓަަމްސް އިން މިއަދު ހާމަކުރި ގޮތުގައި، ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގާތްގަނޑަކަށް 5.9 ކިލޯގްރާމްގެ މަސްތުވާތަކެތި އެ އިދާރާއިން ވަނީ އަތުލައިގަނެފައެވެ. 31 އޮކްޓޯބަރު 2024 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި 5520 ގްރާމްގެ ކެނެބިސް އަދި 416 ގްރާމްގެ ކެތިނޯން ހިމެނެއެވެ. މި ތަކެތީގެ ޖުމްލަ ބަރުދަނަކީ 5.9 ކިލޯގްރާމެވެ.

ޔާމީން ގެއަށް ބަދަލުކުރީ ސިއްހީ ނުރައްކަލެއްގެ ސަބަބުން: އެމްސީއެސް
Raajje

ޔާމީން ގެއަށް ބަދަލުކުރީ ސިއްހީ ނުރައްކަލެއްގެ ސަބަބުން: އެމްސީއެސް

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރީ ސިއްހީ ނުރައްކަލެއްގެ ސަބަބުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ވިދާޅުވެއްޖެއެވެ. ކަރެކްޝަނުގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދާއި ހަވާލާދެއްދައި، ރާއްޖޭގެ އޮންލައިނެއް ކަމަށްވާ “އަދަދު” ނޫހުގައި ވަނީ ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ޔާމީން ގެއަށް ބަދަލުކުރީ ސިއްހީ ނުރައްކަލެއްގެ ސަބަބުން ކަމަށެވެ. ޔާމ...

އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފި
Raajje

އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފި

ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު، މޯލްޑިވިސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ރައީސް އަހްމަދު އަދީބު ރާއްޖެއިން ބޭރުގައި ހޯއްދަވަމުން ގެންދަވާ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ ސިންގަޕޫރުގައި ބޭސް ފަރުވާ ހޯއްދަވަމުން ގެންދަވާ އަދީބު ފަރުވާގެ މުއްދަތު އަންނަ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި މުއްދަތު އިތުރުކޮށްދިނީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ދެވުނު މުއްދަތު ހަމަވުމުގެ ކުރިން ހުށަހަ...

ރައީސް ކަމަށް ކުރިމަތިލުމަށް އީސީއަށް ހުށަހަޅަންޖެހޭ ލިޔުންތަކުގައި ޔާމީނު ސޮއިކުރައްވައިފި
Raajje

ރައީސް ކަމަށް ކުރިމަތިލުމަށް އީސީއަށް ހުށަހަޅަންޖެހޭ ލިޔުންތަކުގައި ޔާމީނު ސޮއިކުރައްވައިފި

ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ނެރުމަށް ނިިންމާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެންސީ ފޯމު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ފުރުމަށްފަހު، ޕީޕީއެމް އާ ހަވާލުކޮށްފިއެވެ. ޕީޕީއެމް އިން ބުނީ ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔުންތަކުގައި އެމަނިކުފާނު ކުރައްވައި، ކަރެކްޝަން މެދުވެރިކޮށް އަނބުރާ އެ ޕާޓީގެ އޮފީހަށް ލިބިފައިވާ ކަމަށެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަ...

ތަމްރީނު ހަދަމުންދިޔަ ކަރެކްޝަންގެ އަންހެން އޮފިސަރަކު ގެނބިގެން ނިޔާވެއްޖެ
Raajje

ތަމްރީނު ހަދަމުންދިޔަ ކަރެކްޝަންގެ އަންހެން އޮފިސަރަކު ގެނބިގެން ނިޔާވެއްޖެ

ތަމްރީނު ހަދަމުންދިޔަ ކަރެކްޝަންގެ އަންހެން އޮފިސަރަކު ނިޔާވެއްޖެ އެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، ނިޔާވެފައިވަނީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒްގެ ބޭސިކް ޓްރޭނިންގ ކޯސް ހަދަމުންދިޔަ ޓްރޭނީ އާމިނަތު ނަޝްވާ ނަސީމް (18 އަހަރު) ކަމަށެވެ. މި ހާދިސާ އާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާފުށީގައި ޓްރެއިނިންގ ހަދަމުންދިޔަ ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފަކު ގެނބިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ލިބުނީ މިއ...

ކޯވިޑް ކޮންޓްރޯލްވެ، މާފުށީ ޖަލު އާންމު ހާލަތަށް
Raajje

ކޯވިޑް ކޮންޓްރޯލްވެ، މާފުށީ ޖަލު އާންމު ހާލަތަށް

މާފުށީ ޖަލުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ވުމުން އެތަން އާންމު ހާލަތަކަށް ގެނެސްފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއްޖެއެވެ. ކަރެކްޝަނަލް ސާވިސް އިން މިއަދު ވިދާޅުވީ، މާފުށީ ޖަލުން ކޯވިޑަށް ޕޮޒިޓިވްވި ހުރިހާ ގައިދީން ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ. އެހެންކަމުން މާފުށީ ޖަލު މިހާރު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ. ޖަލު އާންމު ހާލަތަށް ގެނެވުމާއެކު، ގައިދީންނާއި ބަންދު މީހުންނަށް އާއިލީ އަދި ވަކީލް ބައްދަލުވުންތަކާއި ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އާ އަންމ...

އައްސޭރި ޖަލު ގައިދީން ޓީބީ އަށް ޓެސްޓު ކުރަނީ
Raajje

އައްސޭރި ޖަލު ގައިދީން ޓީބީ އަށް ޓެސްޓު ކުރަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ތިބި ގައިދީނަށް ޓީބީ ސްކްރީނިންގ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. ކަރެކްޝަނުން ބުނިގޮތުގައި އައްސޭރި ޖަލުގެ ހުރިހާ ގައިދީންނަށް އަމާޒުކޮށްފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދު 71 ޤައިދީންގެ ސާމްޕަލް ނަގާފައިވާ ކަމަށް ބުނެއެވެ. ކަރެކްޝަނުން ބުނީ މި ޕްރޮގްރާމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމް ހޮސްޕިޓަލްއާ ގުޅިގެން ކުރިއަށް ގެނ...

ޖަލު ފާރުމަތިން މަސްތުވާތަކެތި އުކާ މައްސަލައަށް ހައްލު ހޯދަނީ
Raajje

ޖަލު ފާރުމަތިން މަސްތުވާތަކެތި އުކާ މައްސަލައަށް ހައްލު ހޯދަނީ

ޖަލުތަކުގެ ފާރުމަތިން މަސްތުވާތަކެތި އުކާ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަލަށް ވައްދަން މަސައްކަތްކުރި މަސްތުވާތަކެތިތަކެއް ޖަލު އޮފިސަރުން އަތުލައިގެންފައިވާ ކަމަށެވެ. އެތަކެތި އަތުލައިގެންފައި ވަނީ، ‏ރޭ ލިބުނު މައުލޫމާތަކާއި ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. “‏ރޭ ލ...

މެއި ހައެއްގެ ހަމަލާއާއި ގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި
Raajje

މެއި ހައެއްގެ ހަމަލާއާއި ގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާއިގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ، މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ. އެ އޮޕަރޭޝަން ހިންގަމުން ދަނީ، ފުލުހުންނާއި ސިފައިންނާއި […]