ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާއިގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ، މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.
އެ އޮޕަރޭޝަން ހިންގަމުން ދަނީ، ފުލުހުންނާއި ސިފައިންނާއި އަދި އެސާވިސް އާއި ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ.
ފުލުހުންވެސް ވަނީ ރޭ ފަތިހު 5:30 އިން ފެށިގެން މާލޭ ޖަލުތަކުގައި އެފަދަ އޮޕަރޭޝަނެއް ހިނގަމުންދާކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ފުރަތަމަ ހައްޔަރުކުރީ ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.
އޭގެ ފަހުން ބ. ދަރަވަންދޫގައި ހުއްޓައި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު 23، ވަނީ ހައްޔަރުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!