ވައިގެ މަގުން އެތެރެކުރަން އުޅުނު 5.9 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަަމްސް އިން މިއަދު ހާމަކުރި ގޮތުގައި، ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގާތްގަނޑަކަށް 5.9 ކިލޯގްރާމްގެ މަސްތުވާތަކެތި އެ އިދާރާއިން ވަނީ އަތުލައިގަނެފައެވެ.
31 އޮކްޓޯބަރު 2024 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި 5520 ގްރާމްގެ ކެނެބިސް އަދި 416 ގްރާމްގެ ކެތިނޯން ހިމެނެއެވެ.
މި ތަކެތީގެ ޖުމްލަ ބަރުދަނަކީ 5.9 ކިލޯގްރާމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!