މޯލްޑިވިއަނަށް އެއާބަސް އޭ 330-200 ބޯޓެއް ހޯދަން އެއްބަސްވުމެއްގައި ސޮއިކޮށްފި
ގައުމީ އެއާލައިން މޯލްޑިވިއަންގެ އޮޕަރޭޝަންތަކުގައި ބޮޑެތި އެއާބަސްތައް ބޭނުންކުރަން ފެށުމަށް އެއާބަސް އޭ330-200 މަރުކާގެ މަތިންދާ ބޯޓެއް ހޯދަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މޯލްޑިވިއަނުން މި އެއާކްރާފްޓް ހޯދަން އެއްބަސްވެފައިވަނީ ޓްރޫނޯޑް ކުންފުންޏާއެކުގައެވެ. ޓްރޫނޯޑް އަކީ ދުނިޔޭގެ އެކި އެއާލައިންތަކަށް އެއާ ކްރާފްޓުތައް ލީޒްކުރާ ކުންފުންޏެކެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި މި އެއާބަސް ގެނައުމުން އެ އެއާލައިންގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރެވި، އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށޭނެއ...