މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ގައުމީ އެއާލައިން، މޯލްޑިވިއަނުން ހއ. ހޯރަފުއްޓަށް ހަފުތާގެ ހަތަރު ދުވަހު، ދަތުރުކުރާނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މޯލްޑިވިއަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭޕްރީލް މަހުން ފެށިގެން އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު، ހޯރަފުއްޓަށް ފުލައިޓުތައް ބާއްވާނެ ކަމަށެވެ.

Ad
rt

އޭޕްރިލް އމަހުން ފެށިގެން ބަދަލު ގެންނައިރު މާޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުތައް ބާއްވާނީ މިހާރު ޝެޑިއުލްކޮށްފައިވާ ގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވިއަނުން، ހޯރަފުއްޓަށް މިހާރު ދަތުރު ކުރަނީ ހަފުތާއަކު ދެ ދުވަހުއެވެ. އެއީ އާދިއްތަ އަދި ބުދަ ދުވަހުއެވެ.

ހޯރަފުށި އެއާޕޯޓު ހުޅުވާފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މިހާތަނަށް ދަތުރުތައް މަދުވުމަކީ އެ ރަށާއި ރަށް ކައިރީ ރަށްތަކުގެ ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ.