ގައުމީ، އެއާލައިން މޯލްޑިވިއަނުން ހާއްސަ ފެއާތަކަކާއެކު އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮކޮށްފިއެވެ.
މޯލްޑިވިއަން އިން ކުރި އިއުލާނެއްގައި ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އާ ފެއާތަކަށް ދަތުރު ކުރެވޭނެ ކަމަށެވެ. އަދި މޯލްޑިވިއަނުން މިހާރު ދަތުރު ކުރާ 14 މަންޒިލަކަށް ޝެޑިއުލްގެ ތެރެއިން ވަކި ފްލައިޓުތަކުން އަގުހެޔޮކޮށް ޓިކެޓް ލިބޭނެ ކަމަށް ބުންޏެވެ.
ހާއްސަ ފެއާތަކަކުން މޯލްޑިވިއަންގެ ޓިކެޓް އަގު ހެޔޮކުރި މަންޒިލްތައް:
* މާލެ-ކޫއްޑޫ: 1،111 ރުފިޔާ
* މާލެ-ކުޅުފުއްފުށި: 1،111 ރުފިޔާ
* މާލެ-ހަނިމާދޫ: 1،111 ރުފިޔާ
* މާލެ-ތިމަރަފުށި: 1،111 ރުފިޔާ
* މާލެ-ކައްދޫ: 1،055 ރުފިޔާ
* މާލެ-ފުނަދޫ: 1،055 ރުފިޔާ
* މާލެ-މާފަރު: 999 ރުފިޔާ
* މާލެ-އިފުރު :999 ރުފިޔާ
* މާލެ-ގަން: 1،222 ރުފިޔާ
* މާލެ-ފުވައްމުލަކު: 1،155 ރުފިޔާ
* މާލެ-މާވަރުލު: 1،133 ރުފިޔާ
* މާލެ-ފަރެސްމާތޮޑާ: 1،133 ރުފިޔާ
* މާލެ-ހޯރަފުށި: 1،133 ރުފިޔާ
* މާލެ-ކާޑެއްދޫ: 1،333 ރުފިޔާ
މޯލްޑިވިއަނުން ބުނީ މި އަގުތަކުގައި އެ ކުންފުނީގެ ވެބްސައިޓާއި އޮފީސް މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!