ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން އިންޑިއާއަށް ދާން ދަތުރުފެށި މޯލްޑިވިއަންގެ ބޯޓެއް އެނބުރި ވީއައިއޭ އަށް ޖައްސާލައިފިއެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި ވީއައިއޭއިން ފުރައިގެން ދިޔަތާ ކުޑަ އިރުކޮޅެއް ތެރޭ ފްލައިޓު އަނބުރާ އައިސްފައިވަނީ ޓެކްނިކަލް މައްސަލައަކާަ ގުޅިގެންނެވެ.

Ad
rt

އެ މައްސަލަ ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ފްލައިޓުން ގިނަ އަދަދެއްގެ ފަސިންޖަރުން ދަތުރުކުރަމުންދިޔައިރު ފްލައިޓް މިހާރު ވަނީ ކެންސަލް ކޮށްފައެވެ. ނަމަވެސް ފަސިންޖަރުންނަަށް އިތުރު ފްލައިޓެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ޓެކްނިކަލް މައްސަލައަކާހެދި އަނބުރާ ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓު Q2700 އެވެ.

އެއީ އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކުރި ފްލައިޓެކެވެ.