ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށް މިރޭ ފުރުޞަތު ހުޅުވާލަނީ
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޒުވާނުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސްއިން މިރޭ ހުޅުވާލާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ. މި ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމެއްގެ ދަށުން ތަޢާރަފުކުރެވޭ ޕްރޮގްރާމެކެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި 16 އަހަރާއި 18...