ސްކޫލުތަކުގެ ބަންދަށް އަނެއްކާވެސް ހަފުތާއެއް އިތުރު ކޮށްފިއެވެ.
ކޮވިޑް 19 އާ ގުޅިގެން އިތުރު ހަފުތާއަކަށް ސްކޫލުތައް ބަންދުކުރި އިރު، މި ހަފުތާ އަކީ ވެސް ކޮވިޑް-19 އާއި ގުޅިގެން ސްކޫލުތައް ބަންދުކޮށްފައިވާ ހަފުތާއެކެވެ.
ސަރުކާރުގެ މިއަދުގެ މިންމެވުމާއި އެކު އަންނަ ހަފުތާގައި ވެސް ސްކޫލުތަކުގައި ކިޔެވުމެއް ނޯންނާނެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް އިތުރު އެއް ހަފްތާއަށް ހުޅުވުން ފަސްކޮށްފައިވާކަމަށް ހާމަކުރެއްވީ ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައިި ކޮވިޑް-19 ގެ ޓާސްކް ފޯސްގެ ސަރުކާރުގެ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަޒީޒެވެ.
މީގެއިތުރުން ޓިއުޝަން ކްލާސްތަކާއި ވަކި މާއްދާ ކިޔަވައިދޭ ކްލާސްތައް މެދުކަނޑާލަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފަ އެވެ.
އެކަން އަންގާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ރާއްޖޭގެ ހުރިހާ ސްކޫލުތަކަށާއި، ޓިއުޝަން ކްލާސްތަކާއި ގުރްއާން ކްލާސްތަކާއި ހުރިހާ ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!