އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދާ ސުކޫލް ތަކުގެ ކަރަންޓުގެ ހިދުމަތް ކަށަވަރު ކުރުމަށްޓަކައި މިނިސްޓްރީއިން ކަނޑައަޅާ ތަންތަނަށް ކަރަންޓު ލިބޭނެ އިންތިޒާމް ޤާއިމްކުރުމަށް މިނިސްޓްރީއާއި ފެނަކަ އާ ދެމެދު އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ.
މި އެއްބަސްވުން ނުވަތަ މެމޮރަމްޑަން އޮފް އަންޑަސްޓޭންޑިން (އެމް.އޯ.ޔޫ) ގެ ދަށުން ކަރަންޓްގެ ޚިދުމަތް މެދު ނުކެނޑި ސުކޫލްތަކަށް ފޯރުކޮށްދޭންޖެހޭނެއެވެ. އަދި ކަރަންޓްވިއުގަ ގާއިމްކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ސްކޫލްތަކުގެ ކަރަންޓްގެ ހާލަތު ބަލާ އެސެސްމަންޓް ރިޕޯރޓް އެޑިޔުކޭޝަން މިނިސްޓްރީ އަށް ހުށަހެޅަން ވެސް އެއްބަސްވެފައިވެއެވެ.
އޭގެއިތުރުން ސްކޫލްތަކުގައި މިނިސްޓްރީއިން ކަނޑައަޅާ މުވައްޒަފުންނަށް، ކަރަންޓް ޚިދުމަތް ފޯރުކޮށްދިނުމުގައި ދިވާމާ ޓެކްނިކަލް އަދި ފަންނީ ތަމްރީންތައް ދިނުމާއި، ސްކޫލްތަކުގެ ކަރަންޓްގެ ވިއުގާއާއި ކަރަންޓާއި ގުޅުންހުރި ޚިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!