މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މީހުން މެރުން

31 Stories filed
އަނަސް މަރާލި މައްސަލަ ހަ އަހަރު ފަހުން ނިންމަނީ
Raajje

އަނަސް މަރާލި މައްސަލަ ހަ އަހަރު ފަހުން ނިންމަނީ

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގެ އަޑުއެހުންތައް ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ. ޖުލައި، 2017 ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ގޮސް ހަމަލާދީ, ރ. މީދޫއަށް ނިސްބަތްވާ އަނަސް މަރާލި މައްސަލާގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެ އެވެ. އެއީ ލ. ގަން ތުނޑި ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. […]

ގާސިމް މަރާލުމުގެ ކުށް އަދުހަމްގެ މައްޗަށް ސާބިތުވެއްޖެ
Raajje

ގާސިމް މަރާލުމުގެ ކުށް އަދުހަމްގެ މައްޗަށް ސާބިތުވެއްޖެ

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި ދައުވާލިބޭ އަދުހަމް މުހައްމަދު މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ޑިސެމްބަރު، 2019 ގައި ހުޅުމާލޭގައި ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް އޭނާގެ ކަރަށް އަދުހަމް ވަޅިން ހަމަލާދިނީ ކާރުގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. ހުކުމުގައިވަނީ ގާސިމަށް ހަމަލާދެވުނީ މަސްތުގެ ހާލުގައި ހުރެ އޮޅުމަކުން ކަމަށާއި އަދި މަރާލުމުގެ ގަސްދެއް ނެތް އަދުހަމް ބުނެފައިވާތީ […]

މަރަން ހުކުމްކޮށްފައިވާ ސަމާހު އޭނާގެ ދިފާއީ ވަކީލާ މެދު ހިތްހަމަނުޖެހިއްޖެ
Raajje

މަރަން ހުކުމްކޮށްފައިވާ ސަމާހު އޭނާގެ ދިފާއީ ވަކީލާ މެދު ހިތްހަމަނުޖެހިއްޖެ

ފުލުހަކު މަރާލި މައްސަލައެއްގައި މަރަން ހުކުމް ކޮށްފައިވާ މުހައްމަދު ސަމާހު އޭނާގެ ދިފާއީ ވަކީލާ މެދު ހިތްހަމަނުޖެހިގެން ސުޕްރީމް ކޯޓުގައި ޝަކުވާ ކުރުމުން ވަކީލު އެ މައްސަލައިން ވަކިކޮށްފި އެވެ. ޖުލައި، 2012 ގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް ޑިއުޓީއަށް ދަނިކޮށް އޭނާއަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ކ. ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހު މެރުމަށް ކުރި ހުކުމް އޮތީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ ސަމާހުގެ ފަރާތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ […]

ނަދީމްގެ މަރު: އެންމެން ސަލާމަތްވި މައްސަލަ ހައިކޯޓަށް
Raajje

ނަދީމްގެ މަރު: އެންމެން ސަލާމަތްވި މައްސަލަ ހައިކޯޓަށް

މާލޭގެ ކެފޭއެއްގެ ތެރޭގައި ގްރޫޕަކުން ވަދެ ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބުނު އެންމެން ކުށް ސާބިތުނުވެ ސަލާމަތްވި މައްސަލަ ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ. ޖުލައި 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ނަދީމްގެ ބޮލަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް ހުސައިން މަފާޒް ސަލީމާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސެއިން ޝާމީން އާއި ގއ. ގެމަނަފުށީ […]

ރިޟްވާންގެ މަރާއިގުޅިގެން މަރުކޮމިޝަންގެ ވާހަކަތައް
Report

ރިޟްވާންގެ މަރާއިގުޅިގެން މަރުކޮމިޝަންގެ ވާހަކަތައް

މަރާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުالله ގެ މަރުގެ މައްސަލައާއިގުޅިގެން މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުން ހިންގި ތަޙްޤީޤްގެ ރިޕޯޓް އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަނީ އަރުވާފައެވެ. އެއަށްފަހު އެ ކޮމިޝަނުން ނޫސްވެރިންނާ ބައްދަލުކޮށް އެ ތަޙްޤީޤާގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ. ތިރީގައި މި ބަޔާން ކުރީ ރިޟްވާންގެ މަރުގެ މައްސަލައާއިގުޅިގެން މަރުކޮމިޝަނުން ހިންގި ތަޙްޤީޤްގެ މައްޗަށް އެ ކޮމިޝަންގެ ޗެއާ އިއ...

ނިޝާމާގެ ހަށިގަނޑު މާލެ ގެނެސްފި، ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަން ތައްޔާރުވަނީ
Raajje

ނިޝާމާގެ ހަށިގަނޑު މާލެ ގެނެސްފި، ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަން ތައްޔާރުވަނީ

ހދ. ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ އެރަށު ނިޝާމާ މުހައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެނެސްފި އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ނިޝމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އޭނާގެ މަރުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހާފަ އެވެ. މި މައްސަލާގެ ތަފްސީލު ފުލުހުން މިހައިތަނަށް […]

ނިޝާމާގެ މަރު: ފިރިމީހާ، ފައިސަލްގެ ބަންދަށް 15 ދުވަސް
Thiladhunmathi News

ނިޝާމާގެ މަރު: ފިރިމީހާ، ފައިސަލްގެ ބަންދަށް 15 ދުވަސް

ހދ. ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ އެރަށު ނިޝާމާ މުޙައްމަދުގެ ފިރިމީހާ، އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލްގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނިޝާމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ފައިސަލްގެ ބަންދަށް، ކޯޓުން 15 ދުވަސް ދީފައިވާކަމަށެވެ. ނިޝާމާ ދިރިއުޅުނު ނޮޅިވަރަމް ހިތައްގިނިވާގޭ ކޮޓަރި ތެރޭގައި ހޭނެތިފައި އޮއްވައި ފެނުނީ މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ނޮޅިވަރަމްގައި މީހަކު މަރާލައިގެނ...

ނިޝާމާގެ ޕޯސްޓްމޯޓަމް ހަދަނީ
Thiladhunmathi News

ނިޝާމާގެ ޕޯސްޓްމޯޓަމް ހަދަނީ

ހދ. ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ އެރަށު ނިޝާމާ މުޙައްމަދުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ނޮޅިވަރަމް، ހިތައްގިނިވާގޭ، އުމުރުން 28 އަހަރުގެ ނިޝާމާގެ ހަށިގަނޑު މިހާރު ވަނީ ކުޅުދުއްފުށީ ސިޓީއަށް ގެންގޮސްފައެވެ. އަދި އޭނާގެ ހަށިގަނޑު މާލެ ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލައާއިގުޅިގެން ފުލުހުން ވަނީ އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލް (އ32) ކޯޓު އަމުރެއްގެ ދަށުން ހައް...

އަޛުހާންގެ މަރު: ތުހުމަތު ކުރެވޭ މީހަކު އަދިނެތް، ތަހުގީގު ދަނީ ކުރިއަށް
Raajje

އަޛުހާންގެ މަރު: ތުހުމަތު ކުރެވޭ މީހަކު އަދިނެތް، ތަހުގީގު ދަނީ ކުރިއަށް

ގެއްލިގެން ހޯދަމުން ދަނިކޮށް ހުޅުމާލެ ސްކޭޓް ޕާކް ސަރަޙައްދުގައި މަރުވެފައި އޮއްވާ ފެނުނު މުޙައްމަދު އަޛުހާން (ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ) މަރާއިގުޅިގެން ތުހުމަތު ކުރެވޭ މީހަކު އަދިނެތް ކަމަށާއި ތަހުގީގު އަދިވެސްދަނީ ކުރިއަށް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ. މަރުގެ ތިން މައްސަލައަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ފުލުހުންގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އަޒުހާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓުގެ ނަތީޖ...

ޝިއާއުގެ މަރު: ޝާހިލްއަށް ކުށް ސާބިތު ކުރެވޭވަރުގެ ހެކި އެބަހުރި - ފުލުހުން
Raajje

ޝިއާއުގެ މަރު: ޝާހިލްއަށް ކުށް ސާބިތު ކުރެވޭވަރުގެ ހެކި އެބަހުރި - ފުލުހުން

އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އަލީ ޝާހިލްގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރުގެ ހެކި އެބަހުރިކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ. ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގާ މައުލޫމާތު ދެއްވަމުން މިހާރުކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލި...

ޕޯސްޓްމޯޓަމް ހަދަން ޝިއާއުގެ ހަށިގަނޑު ބޭރަށް ފޮނުވައިފި
Raajje

ޕޯސްޓްމޯޓަމް ހަދަން ޝިއާއުގެ ހަށިގަނޑު ބޭރަށް ފޮނުވައިފި

ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު  ޕޯސްޓްމޯޓަމް މިއަދު ފޮނުވައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޕޯސްޓްމޯޓަމް ހަދަން ޝިއާއުގެ ހަށިގަނޑު މިއަދު ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ފޮނުވީ ކޮން ޤައުމަކަށް ކަމެއް ވިދާޅެއްނުވެއެވެ. ރަޙުމްކުޑަ، އަނިޔާވެރި ގޮތަކަށް ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މި އޯގަސްޓްމަހުގެ 6 ވަނަ ދުވަހުގެ ރެއެވެ. މި ހާދިސާ ހިނގި ކަމުގެ...

ބަންގްލަދޭޝް ވޭޓަރު މަރާލި އާބިދު ހައްޔަރުކުރީ ހިޔާ ސަރަހައްދުގެ ގޮނޑުދޮށުން
Raajje

ބަންގްލަދޭޝް ވޭޓަރު މަރާލި އާބިދު ހައްޔަރުކުރީ ހިޔާ ސަރަހައްދުގެ ގޮނޑުދޮށުން

ހުޅުމާލޭ ރެސްޓޯރެންޓެއްގައި އިއްޔެ ހަމަލާދީ މަރާލި ބަންގްލަދޭޝް މީހާގެ މައްސަލާގައި ފުލުހުން ހޯދަން އިއުލާންކުރި ޕާކިސްތާނުގެ ކައްކާ، އާބިދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ހިޔާ ސަރަހައްދުގެ ގޮނޑުދޮށް ސަރަހައްދުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ރޭ ހޯދަންފެށި އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު ފެނިފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ހިޔާ ސަރަހައްދުގެ ގޮނޑުދޮށް ސަރަހައްދުންނެވެ. އަދި މިމައްސަލާއި ގުޅިގެން އިތުރު މީހަކު ހައްޔަރު ކޮށްފައި ނު...

ބަންގްލަދޭޝްގެ މީހާ މަރާލި މައްސަލާގައި ޕާކިސްތާން މީހަކު ހޯދަންފަށައިފި
Raajje

ބަންގްލަދޭޝްގެ މީހާ މަރާލި މައްސަލާގައި ޕާކިސްތާން މީހަކު ހޯދަންފަށައިފި

ހުޅުމާލޭ ރެސްޓޯރެންޓެއްގައި މިއަދު ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލި މައްސަލާގައި ޕާކިސްތާނު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މި މައްސަލާގައި ތުހުމަތުގައި ފުލުހުންގެ ޚިދުމަތުން ހޯދަން ޢިއުލާން ކޮށްފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު ކިޔާ މީހެކެވެ. ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ފިރިހެނަކަށް ވަޅިން ހަމަލަދީ މަރާލީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެ މީހާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރ...

މަހްމޫދުގެ މަރު: ތުހުމަތުވާ ބިދޭސީ މީހާ ޝަރީޢަތް ނިމެންދެން ބަންދަށް
Raajje

މަހްމޫދުގެ މަރު: ތުހުމަތުވާ ބިދޭސީ މީހާ ޝަރީޢަތް ނިމެންދެން ބަންދަށް

އަނިޔާކޮށް ރަހުމުކުޑަ ގޮތަކަށް މަރާލެވިފައިވާ އޮއްވާ ފެނުނު އދ. ދަނގެތީ މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި އެރަށުން ހައްޔަރުކުރި ބިދޭސީ މީހާ ޝަރީޢާތް ނިމެންދެން ބަންދުކޮށްފި އެވެ. މި މައްސަލައިގެ ތުހުމަތުގައި 2021 އޮކްޓޯބަރ 16 ވަނަ ދުވަހުގެ ހެނދުނު 10:36 ކަށްހާއިރު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ ޝާ އަލޮމް މިއާ (29އ) އެވެ. ފުލުހުން މިއަދު ވިދާޅުވީ، ޝަރީއަތް ނިމެންދެން ޝާ އަލޮމް މިއާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި […]

މަހްމޫދުގެ މަރު: މައްސަލައާއި ގުޅުންހުރި ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައި ހުއްޓާ ހޯދައިފި
Raajje

މަހްމޫދުގެ މަރު: މައްސަލައާއި ގުޅުންހުރި ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައި ހުއްޓާ ހޯދައިފި

އަނިޔާކޮށް ރަހުމުކުޑަ ގޮތަކަށް މަރާލެވިފައިވާ އޮއްވާ ފެނުނު އދ. ދަނގެތީ މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި އެރަށުން ހައްޔަރުކުރި ބިދޭސީ މީހާ ދިރިއުޅުނު ގޭގެ ގޯތި ތެރޭން މައްސަލައާއި ގުޅުންހުރި ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައި ހުއްޓާ ހޯދައިފިއެވެ. މި މަހު 14 ވަނަ ދުވަހު އދ. ދަނގެތި، މޮނަލާޒް، މަޙްމޫދު އަބޫބަކުރު (57އ)، ޖިސްމާނީ އަނިޔާދީ ރަހުމު ކުޑަގޮތަކަށް މަރާލާފައިވާ މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން މިރޭ އާންމުކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، މަޙްމޫދު އަބޫބަކުރު ގެއްލިގެން...