ބިލު ޤާނޫނަކަށް ވެއްޖެ ނަމަަ، ޕްރެސް ފްރީޑަމް އިންޑެކްސް ދައްވެގެން ދާނެ: އެމްއެމްސީ
ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު” ތަޞްދީޤު ކުރައްވައިފި ނަމަ ޕްރެސް ފްރީޑަމް އިންޑެކްސް ގައި ރާއްޖޭގެ ރޭންކިން ދައްވެގެން ދާނެކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލުން ބަޔާނެއް ނެރެފި އެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ނޫސްވެރިންނާއި، މީޑިއާ މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް އެކަށީގެންވާ ރިޢާޔަތެއް ނުކޮށް ކަމަށް ވާތީ ބިލު ތަޞްދީޤު ނުކުރެއްވުމަށް...