ދެވަނަ ދައުރަކަށް "ތިލަދުން"ގެ ޘަޤީފް މީޑިއާ ކައުންސިލަށް

Sageef

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ 8 ވަނަ ދައުރަށް "ތިލަދުން" ގެ ފަރާތުން ޙުސައިން ޘަޤީފް އިންތިހާބު ވެއްޖެ އެވެ.

އެމްއެމްސީގެ 6 ވަނަ ދައުރަށްވެސް ޘަޤީފް އިންތިހާބުވެ އެކައުންސިލްގެ ނައިބް ރައީސްކަންވެސް ފުރިހަމަކުރި އެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި އިންތިހާބުގައި 139 މީޑިއާއަކުން ވޯޓުލާފައިވެއެވެ. މި އިންތިހާބުގައި 22 ކެންޑިޑޭޓުން ވާދަކުރިއެވެ. އެއީ މީޑިއާގެ މެމްބަރު ކަމުގެ މަގާމަށް ވާދަކުރެއްވި 11 ކެންޑިޑޭޓަކާއި އާންމުންގެ މެމްބަރުކަމުގެ މަގާމަށް ވާދަކުރެއްވި 11 ކެންޑިޑޭޓުންނެވެ.

މީޑިއާތަކުން ހޮވުނު ހޮވުނު 7 މެމްބަރުން:

  • ފާތިމަތު ޝަނާ މުހައްމަދު (މިހާރު ނިއުސް) ލިބުނު ވޯޓު: 118
  • ނަޖާހު މަސްއޫދު (ވަގުތު) ލިބުނު ވޯޓު: 117
  • ހަސަން ޝާކިރު މުހައްމަދު (އާފަތިސް އޮންލައިން) ލިބުނު ވޯޓު: 93
  • ހަފްސީ އަބްދުﷲ (ހަފްސީކޮމް) ލިބުނު ވޯޓު: 75
  • ޙުސައިން ޘަޤީފް (ތިލަދުން) ލިބުނު ވޯޓު: 74
  • ހުސެއިން ހަސަން (ހަފްތާވީސް) ލިބުނު ވޯޓު: 74
  • ފާތިމަތު ނަހުދާ ފާއިޒް (ދިޔަރެސް މީޑިއާ) ލިބުނު ވޯޓު: 71

    އާންމުންގެ ފަރާތުން ހޮވުނު 3 މެމްބަރުން

  • އިބްރާހިމް ފައުޒީ 80 ވޯޓު
  • ފާތިމަތު ފަހުމީ: 76 ވޯޓު
  • އިބްރާހިމް މުހައްމަދު: 49 ވޯޓު

މިހާރު ހިނގަމުންދާ 7 ވަނަ ދައުރުގައިވެސް ތިލަދުން ފަރާތުން އިންތިހާބުވި މުޙައްމަދު އަފްރާހް އަންނަނީ ތަމްސީލް ކުރަމުންނެވެ.

މީޑިއާ ކައުންސިލަށް އިންތިހާބު ކުރަނީ މީޑިއާތަކުން 8 ނޫސްވެރިޔަކާއި އަމިއްލަ ގޮތުން ހަތް މީހަކާ އެކު، ޖުމްލަ 15 މީހެކެވެ. މިހާރު ހިނގަމުންދާ 7 ވަނަ ދައުރު ހަމަވާނީ މިމަހުގެ 14 ވަނަ ދުވަހަށެވެ. މީޑިއާ ކައުންސިލްގެ ދައުރެއްގެ މުއްދަތަކީ ދެ އަހަރެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި