މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް އަހްމަދު މުސްތަފާގެ ވަޒީފާ ދައުލަތުގެ މީޑިއާ، ޕަބްލިކްސާވިސް މީޑިއާ (ޕީއެސްއެމް) އިން އިޔާދަކޮށްފިއެވެ.
އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދު ވަނީ ތިލަދުން އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.
މީޑިއާ ކައުންސިލުގެ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑު ހަފުލާގެ ލައިވް ކަވަރޭޖުގައި ދެއްކި ވޯޑިއޯއަކާއި ގުޅިގެން ޕީއެސްއެމްގެ ބޯޑުން ވަނީ މުސްތަފާއާއި މެދު ފިޔަވަޅު އަޅާފައެވެ.
ޕީއެސްއެމުން މީޑިއާ ކައުންސިލާ ދެކޮޅަށް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި
ބޯޑުން އޭނާ ވަޒީފާއިން ވަކިކުރަން ނިންމުމުން މުސްތަފާ ވަނީ އެ ނިންމުން މުރާޖައާކޮށްދިނުމަށް ބޯޑަށް ހުށަހަޅާފައެވެ. މި ހުށަހެޅުން މުރާޖައާ ކުރުމަށްފަހު ޕީއެސްއެމްގެ ބޯޑުން ވަނީ އަލުން މުސްތަފާގެ ވަޒީފާ އިޔާދަކޮށްފައެވެ.
މުސަތަފާ އަކީ އެ ކުންފުނީގެ ޓެކްނިކަލް އޮޕަރޭޝަންސް މެނޭޖަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ދައުލަތުގެ މީޑިއާގައި 30 އަކަށް އަހަރު ޚިދުމަތްކުރަށްވާފައިވާ މުސްތަފާ މީޑިއާ ކައުންސިލަށް މުސްތަފާ އިންތިޚާބުކުރީ ޓީވީއެމް ތަމްސީލްކުރާ މެންބަރެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!