ކަށަވަރުނުވާ ހަބަރުތައް ނުފެތުރުމަށް އެދިއްޖެ
ދިވެހި މީޑިއާގެ ހަމަތަކާ އަހްލާގީ މިންގަނޑުގައި މީޑިއާގެ ވަސީލަތްތަކުގައި ޝާއިއުކުރާ ހަބަރާއި މައުލޫމާތަކީ ސައްހަ ތެދު މައުލޫމާތުކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން މީޑިއާތަކަށް އަންގައިފިއެވެ. މީީޑިއާ ތަކަށް މިކަން އަންގާފައިވަނީ މިއަދު އެކައުންސިލުން ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައިވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީން ލިބިދީފައިވާ ކަމަށާއި، އެ މިނިވަންކަމުގެހައްގަކީ ވަކި ޒިންމާތަކ...