މާލޭގެ 4 މިސްކިތެއްގައި ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގުމަށް އުޔޫން އިންސްޓިޓިއުޓް އާއި މާލެ ސިޓީ ކައުންސިލާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމްނާމާގެ މަގުސަދަކީ މާލޭ ސިޓީގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ކުޑަކުދިންގެ ތެރެއިން ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް ޤުރުއާން ހިތުދަސްކުރުމުގެ ހުނަރު ދަސްކޮށްދީ، ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގައި ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް އެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.

Ad
rt

ޤުރުއާން ހިތުދަސްކުރުމުގެ ހުނަރު ދަސްކޮށްދީ ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގައިދިނުމަށް ބޭނުންވާކަމަށް އުޔޫން އިންސްޓިޓިއުޓްގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުމާއި ގުޅިގެން ބޭއްވި ބައްދަލުވުމުގައި އެފަދަ ޤުރުއާން ކުލާސްތަކެއް ހިންގުމަކީ މާލޭ ސިޓީ ކައުންސިލުން ވެސް އެދޭ އެދުމެއް ކަމުގައި ފާހަގަކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މި ފަހުމުނާމާގައި އުޔޫން އިންސްޓިޓިއުޓްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް އިންސްޓިޓިއުޓް ޑރ. ޢަލީ ޒާހިރުއެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން މި ފަހުމު ނާމާގައި ސޮއިކުރެއްވީ މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.