މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

97 Stories filed
ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދަން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި
Raajje

ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދަން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި

މާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދަން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ. މާލެސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރަށް އެކުލަވާލި ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ 2000 ސޯޝަލް ހައުސިންގް ޔުނިޓް މަޝްރޫޢުގެ ދަށުން މާލެ ހިޔާ ސިނަމާލެ ސަރަޙައްދުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުގެ ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފާސްކުރީ އެ ކައުންސިލްގެ 80 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ގޮތުން ފާއިތުވި ދޮޅު އަހަރ...

ވޭތިވެދިޔަ ދޮޅު އަހަރު މާލޭ ސިޓީ ކައުންސިލުން 407 މަގެއް މަރާމާތުކޮށް، 283 ރޭމްޕް ހަދައިފި
Raajje

ވޭތިވެދިޔަ ދޮޅު އަހަރު މާލޭ ސިޓީ ކައުންސިލުން 407 މަގެއް މަރާމާތުކޮށް، 283 ރޭމްޕް ހަދައިފި

ވޭތިވެދިޔަ ދޮޅު އަހަރު މާލޭ ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަހައްދު ތަކުގައި 283 ރޭމްޕް ހަދައި، މާލޭގެ 407 މަގު މަރާމާތުކޮށްފައިވާ ކަމަށް އެ ކައުންސިލުން ވިދާޅުވެއްޖެ އެވެ. ފައިބެއަހަރުގެ މެއި 17 އިން މިއަހަރުގެ ނޮވެމްބަރ 17 އަށް އެ ކައުންސިލުން ހިންގާފައިވާ ޕްރޮޖެކްޓްތަކާއި މަޝްރޫއުތަކާއި ހަރަކާތްތަކާއި ކޮށްފައިވާ މުނިސިޕަލް / އިދާރީ މަސައްކަތްތަކުގެ ތަފްސީލުގައިވާ ގޮތުން މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު ދަތި ތަކުގެތެރޭގައި މަގުތަކުގައި ދުއްވާ އެއްޗިއްސަށް ދުއްވަން އުނދަގޫވުމާއި، ދުއްވާ އެއްޗ...

މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ''ސްޓާފް ނައިޓް'' ބާއްވައިފި، މޭޔަރުގެ ތައުރީފް މުވައްޒަފުންނަށް
Raajje

މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ''ސްޓާފް ނައިޓް'' ބާއްވައިފި، މޭޔަރުގެ ތައުރީފް މުވައްޒަފުންނަށް

ކައުންސިލްގެ މުވައްޒަފުންނަކީ ހަމަ އެކަނި މުވައްޒަފުންނޫން ކަމަށާއި އެއީ ވަރުގަދަ ފަހުލަވާނުންތަކެއް ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ސްޓާފް ނައިޓް ގައި ވާހަކަ ދައްކަވަމުން ނެވެ. މުއިއްޒު ވިދާޅުވީ މާލެ ސިޓީގައި ރަށްވެހިކަމުގެ ހިދުމަތް ދިނުމުގައި ރެއާދުވާލު އަވަދިނެތި އެއްވެސް ވަރުބަލިކަމެއްނެތި ވަރަށް ހިތްވަރާއިއެކުމަސައްކަތް ކުރަމުންދާ ހާދިމުންތަކެއް ކަމަށެވެ. މީގެ އިތުރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި...

ހުރަވީ ބިލްޑިންގ ހުރި ބިމުގައި ހަދާ ޕާކިން ޒޯނުގައި 226 ސައިކަލަށް ޕާކު ކުރެވޭނެ: މޭޔަރު
Raajje

ހުރަވީ ބިލްޑިންގ ހުރި ބިމުގައި ހަދާ ޕާކިން ޒޯނުގައި 226 ސައިކަލަށް ޕާކު ކުރެވޭނެ: މޭޔަރު

ކުރީގެ ހުރަވީ ބިލްޑިންގ ހުރި ބިމުގައި ހަދާ ޕާކިންގ ޒޯނުގައި 226 ސައިކަލަށް ޕާކު ކުރެވޭނެ ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އޭނާ މިއަދު ކުރައްވާފައިވާ ޓްވީތެއްގައި ވިދާޅުވީ “ހުރަވީ ބިލްޑިން ހުރި ބިމުގައި ކުރަހަނީ 226 ސައިކަލުގެ ޕާކިން ޒޯނެއް” ކަމަށެވެ. މިކަމާއިގުޅިގެން މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އެގްޒެކެޓިވް މަރިޔަމް ޝިއުނާ (ނަންނަ) ވިދާޅުވީ އެއްވެސް ޒޯނެއްގައި ޕާކުކުރާ ސައިކަލު ނުވަތަ ދެފުރޮޅުލީ އުޅަނދުތަކުން ފީ އެއް […]

މާލޭ ސިޓީ ކައުންސިލުން ގަލޮޅުގެ ރައްޔިތުންނާއިއެކު ބާއްވާ މަޝްވަރާ ބައްދަލުވުން އޮކްޓޯބަރު 25 ގައި
Raajje

މާލޭ ސިޓީ ކައުންސިލުން ގަލޮޅުގެ ރައްޔިތުންނާއިއެކު ބާއްވާ މަޝްވަރާ ބައްދަލުވުން އޮކްޓޯބަރު 25 ގައި

މާލޭ ސިޓީ ކައުންސިލުން ގަލޮޅުގެ ރައްޔިތުންނާއިއެކު ބާއްވާ މަޝްވަރާ ބައްދަލުވުން 25 އޮކްޓޯބަރުގައި ބޭއްވުމަށް ނިންމަވައިފި އެވެ. އެ ކައުންސިލުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ގަލޮޅުގައި ތަރައްޤީކުރާ ޕާކާއިގުޅޭގޮތުން ގަލޮޅުގެ ރައްޔިތުންނާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 72 ވަނަ ޖަލްސާގަ އެވެ. މިއަދުގެ ޖަލްސާގައި މޭޔަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މޫސުންތަންދޭނަމަ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ޞަލާޙުއްދީ...

ގަލޮޅުގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތީން ސިޓީ ކައުންސިލުން އެ އަވަށުގައި ޕާކެއް ތަރައްގީކުރަނީ
Raajje

ގަލޮޅުގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތީން ސިޓީ ކައުންސިލުން އެ އަވަށުގައި ޕާކެއް ތަރައްގީކުރަނީ

މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ހަދަން ނިންމައިފި އެވެ. މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ތަރައްގީ ކުރަން ނިންމީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް ގަލޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ގަލޮޅުގައި ޕާކެއް ތަރައްގީ ކޮށްދިނުމަށް އެދުމުން ނެވެ. މާލެ ސިޓީ ކައުންސިލުން ގަލޮޅުގެ ކުރީގެ ސިޓީ ޕާކު ހުރި ބިމުގައި ތަރައްގީ ކުރާ ޕާކު ފަރުމާކޮށްފައިވަނީ އެބިމުގައި ހުރި ބޮޑެތި ގަސްތަކަށް ގެއްލުމެއް ނުލިބޭ ގޮތަށެވެ. މި ޕާކުގައި ކުޑަ ކުދިންނަށް ހާއްސަކޮށްގެން ތަރައްގީ […]

މާލޭ މަގުތަކުގައި ބަހައްޓާފައިހުރި ޕަލެޓުތައް ނެގޭނީ ލޭންޑް ޔޫސް ޕްލޭން ނިމިގެން: މުޢިއްޒު
Raajje

މާލޭ މަގުތަކުގައި ބަހައްޓާފައިހުރި ޕަލެޓުތައް ނެގޭނީ ލޭންޑް ޔޫސް ޕްލޭން ނިމިގެން: މުޢިއްޒު

މާލޭ މަގުތަކުގައި ބަހައްޓާފައިހުރި ޕަލެޓުތައް ނެގޭނީ ލޭންޑްޔޫޒް ޕްލޭން ނިމިގެން ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ތިލަދުން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި ޕަލެޓުތައް އެކިފަހަރުމަތިން ނަގަމުން އަންނަކަމަށާއި އެހެނަސް އެކަމުގައި ދެކޮޅަށް ވިސްނަންޖެހޭ ކަމަށެވެ. ޕަލެޓުތައް ނެގުމަކީ ވަރަށް ފަސޭހަކަމެއް ކަމަށާއި އެހެންނަމަވެސް އާންމު ރައްޔިތ...

މާލޭ ސިޓީ ކައުންސިލުގެ "މާލެ ފެހި" އައުޓްލްޓް އާންމުންނަށް ހުޅުވާލައިފި
Raajje

މާލޭ ސިޓީ ކައުންސިލުގެ "މާލެ ފެހި" އައުޓްލްޓް އާންމުންނަށް ހުޅުވާލައިފި

މާލޭ ސިޓީ ކައުންސިލުގެ “މާލެ ފެހި” އައުޓްލްޓް އާންމުންނަށް ހުޅުވާލައިފި އެވެ. ކާނިވާ ސަރަހައްދުގައި ގާއިމްކުރި “މާލެ ފެހި” އައުޓްލެޓް އާންމުންނަށް ހުޅުވާލާފައިވަނީ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އެވެ. މިއީ އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ “އެއްލައްކަ ގަސް” ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމްކުރި އައުޓްލެޓެކެވެ. މި ރަސްމިއްޔާތުގައި މީޑިއާ އ...

އަމީނީމަގު ހަދަމުންދާގޮތާއި މެދު މޭޔަރުގެ ކަންބޮޑުވުން
Raajje

އަމީނީމަގު ހަދަމުންދާގޮތާއި މެދު މޭޔަރުގެ ކަންބޮޑުވުން

މާލޭގެ އަމީނީމަގު ހަދަމުންދާގޮތާއި މެދު މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. މޭޔަރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ މަގު ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި ދުވާރު ފުޅާ ކޮށް އުޅަނދުތައް ދުއްވާ ޖާގަ ހަނި ކޮށްފައިވާ ކަމަށެވެ. އެގޮތުން މަގު ހަދަމުންދަނީ ދުއްވަން އޮންނަބައި 25 ފޫޓުން 21 ފޫޓް 10 އިންޗިއަށް ހަނިކޮށްކަމުން މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެކަމަށް ފެންނަކަމަށް މޭޔަރ ޑރ. މުއިއްޒު ވިދާޅުވެފައި ވެއެވެ. އަދި […]

ރައްޔިތުން އަތާއި އަނގައާއި ދިމާނުވާ ހާލު ތިއްބާ އިތުރު ބުރައެއް ޖެއްސުމަކީ ތަރުތީބު އޮޅިފައިވާ ސިޔާސަތެއް: މުޢިއްޒު
Raajje

ރައްޔިތުން އަތާއި އަނގައާއި ދިމާނުވާ ހާލު ތިއްބާ އިތުރު ބުރައެއް ޖެއްސުމަކީ ތަރުތީބު އޮޅިފައިވާ ސިޔާސަތެއް: މުޢިއްޒު

ރައްޔިތުންގެ އަތާ އަނގަޔާ ދިމާނުވާ ޙާލު ތިއްބާ އިތުރު ބުރައެއް ޖެއްސުމަކީ ތަރުތީބު އޮޅިފައިވާ ސިޔާސަތެއް ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެއް ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ޑރ. މުޢިއްޒު މިހެން ވިދާޅުވީ އެއްގަމު އުޅަނދުތަކުގެ ނަމްބަރު ޕްލޭޓް ގަވާއިދާ އެއްގޮތަށް ނެތް ނަމަ، ޖޫރިމަނާކުރަން ފަށަން ނިންމުމާއި ގުޅިގެން އެކަމަށް އިޝަރާތް ކުރައްވާ ކުރެއްވި ޓްްވީޓެއްގަ އެވެ. […]

މަގު ހެދުމުގެ މަޝްރޫއު އަތުލީ ލާމަރުކަޒީ ޤާނޫނާއި، މާލިއްޔަތު ޤާނޫނާއި ޚިލާފަށް: މުޢިއްޒު
Raajje

މަގު ހެދުމުގެ މަޝްރޫއު އަތުލީ ލާމަރުކަޒީ ޤާނޫނާއި، މާލިއްޔަތު ޤާނޫނާއި ޚިލާފަށް: މުޢިއްޒު

މާލޭގެ އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ ޤާނޫނީ ހަމަ މުގުރާލައި، ލާމަރުކަޒީ ޤާނޫނާއި އަދި މާލިއްޔަތުގެ ޤާނޫނާއި ވެސް ޚިލާފަށް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މޭޔަރު ވަނީ އެ މަޝްރޫޢު ސިޓީ ކައުންސިލްގެ އަތުން އަތުލައި، އާރްޑީސީއާއި ބޮޑު އަގެއްގައި ހަވާލު ކުރުމަކީ ބޮޑު އިސްރާފެއްކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެއީ ކޮރަޕްޝަންގެ ޢަމަލެއ...

އަނެއްކާވެސް ހިޔާ ފްލެޓަށް ދައްކަންޖެހޭ އަދަދު ކުޑަކޮށްދިނުމަށް އެދިއްޖެ
Raajje

އަނެއްކާވެސް ހިޔާ ފްލެޓަށް ދައްކަންޖެހޭ އަދަދު ކުޑަކޮށްދިނުމަށް އެދިއްޖެ

ހުޅުމާލޭ ދެވަނަ ފޭސްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ސަރުކާރަށް މަހަކު ދައްކަންޖެހޭ އަދަދު ކުޑަކޮށް ދިނުމަށް އެދި އަނެއްކާވެސް ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާކަމަށް މާލޭގެ މޭޔަރު ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު ޑރ. މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ ޢަދަދު 5600 ރުފިޔާއަށް ވުރެ ކުޑަކޮށްދެއްވުމަށް އެދި އަނެއްކާވެސް ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށެވެ. މިއީ މިގޮތަށް އެދި ސިޓީ ފޮނުއްވި 3 ވަނަ ފަހަރު ކަމަށް […]

ވެމްކޯ ދޮރުމައްޗަށް ކުނި އެޅުމަކީ ކޮށްގެން ނުވާނެ ނާތަހުޒީބު އަމަލެއް: މޭޔަރު މުޢިއްޒު
Raajje

ވެމްކޯ ދޮރުމައްޗަށް ކުނި އެޅުމަކީ ކޮށްގެން ނުވާނެ ނާތަހުޒީބު އަމަލެއް: މޭޔަރު މުޢިއްޒު

ވެމްކޯ ދޮރުމައްޗަށް ކުނި އެޅުމަކީ ކޮށްގެން ނުވާނެ ނާތަހުޒީބު އަމަލެއްކަމަށް މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަމަލު ކުށްވެރިކުރައްވާ ރާއްޖޭން ބޭރުގައި ހުންނަވައިގެން މުޢިއްޒުކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ސިޓީ ކައުންސިލުން ވެމްކޯ ދޮރުމައްޗަށް ކުނިއެޅި ޚަބަރު އޭނާއަށް ދެއްވީ ޑެޕިއުޓީ މޭޔަރު ނަރީޝް ކަމަށެވެ. އެކަން އެނގިވަޑައިގަތުމާއެކު އެކަން ރަގަޅުކުރުމަށް ދަންނަވާފައިވާނެކަމަށާއި، އަދި އެއީ ކޮށްގެންވާނެކަމައް ނޫންކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެކަން ތަކުރ...

މާލޭގެ މަގުތަކުގައި ބޭނުންނުކުރެވޭ ހާލަތުގައި ހުރި އެއްގަމު އުޅަނދުތައް ނަގަންފަށައިފި
Raajje

މާލޭގެ މަގުތަކުގައި ބޭނުންނުކުރެވޭ ހާލަތުގައި ހުރި އެއްގަމު އުޅަނދުތައް ނަގަންފަށައިފި

މާލޭގެ މަގުތަކުގައި ގިނަ ދުވަސްވެފައިވާ، ހަލާކުވެ ނުދުއްވާ ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ. މާލެ ސިޓީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ތެރޭގައި އުކާލެވިފައި، ބޭނުން ނުކުރެވޭ ހާލަތުގައި ހުރި އުޅަނދުތައް ނެގުމުގެ ޚާއްޞަ އޮޕެރޭޝަނެއް މިއަދު ފެށިފައިވާ ކަމަށެވެ. އަދި މި އޮޕެރޭޝަން ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކަމަށް ވެސް މުޢިއްޒު ފާހަގަ ކުރެއްވިއެވެ. Male thereygai ukaalaafai, beynun […]

ޖޫރިމަނާ ކުރަންވާނީ އެކަށީގެންވާ ވަރަށް ޕާކިން ޖާގަ ފަހިކޮށްދީފައި: މުއިއްޒު
Raajje

ޖޫރިމަނާ ކުރަންވާނީ އެކަށީގެންވާ ވަރަށް ޕާކިން ޖާގަ ފަހިކޮށްދީފައި: މުއިއްޒު

ޕާކިންއާއި ގުޅިގެން ޖޫރިމަނާ ކުރެވެންވާނީ އެކަށީގެންވާ ވަރަށް ޕާކިން ޖާގަ ހަމަޖައްސައި ދިނުމަށްފަހު ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕާކިންއާއި ގުޅިގެން ޖޫރިމަނާ ކުރެވެންވާނީ އެކަށީގެންވާ ވަރަށް ޕާކިން ޖާގަ ފަހިކޮށްދީފައި ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. މާލޭ ސިޓީކައުންސިލުން މާލޭގެ ޕާކިންގެ މައްސަލައަށް ހައްލު ހޯދަން ފަށާފައިވާ މަސައްކަތުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެއްކޮށް، ނަތީޖާ ނެރުމުގެ ފުރު...