އެމްބޯލޯ އާއި އެންޑޯއީގެ ލަނޑުތަކުން ސްވިޒަލޭންޑް ދެވަނަ ބުރަށް
ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި އަލްޖީރިއާ އަތުން 2-0 އިން މޮޅުވެ، ސްވިޒަލޭންޑުން މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ސްވިޒަލޭންޑްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ބްރީލް އެމްބޯލޯ އާއި ޑެން އެންޑޯއީ އެވެ. މިއީ 1938 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ނޮކައުޓް މެޗަކުން ސްވިޒަލޭންޑް މޮޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބޭއްވި ތިން ވޯލްޑް ކަޕްގައި ވެސް އެ ޓީމު ގަދަ 16 އަށް […]