މަޖިލީހުގެ މި ދައުރުގައި ސަރުކާރުގެ ފަރާތުން 23 ބިލެއް
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މިއަދު ފަށާއިރު، 23 ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ. އެ އޮފީހުން ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ޤަޞްދުކުރާ 23 ބިލެއް މިހާރުވާނީ މަޖިލީހަށް ފޮނުވައިފައިވާ ކަމަށެވެ. އެގޮތުން ފޮނުވާފައިވާ ބިލުތަކުގެ ތެރޭގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލާއި ޖުޑިޝަލް ސަރވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހި ރާއްޖޭގެ ގާނޫނު...