ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ރާއްޖޭގެ ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައީސް އޮފީހަށް ފޮނުވާފައެވެ.
މި އިސްލާހަކީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިންިއާ އާ ދެކޮޅަށް ކުރަމުން އަންނަ ކެމްޕޭނަށް ހުރަސް އެޅޭނެ އިސްލާހެކެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަންއަމާންކަމާއި، ރައްކާތެރިކަމާއި، އަހުލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުން ވަކި ކުށެއްގެ ގޮތުގައި ހިމެނުމެވެ. އަދި މި ކުށުގެ ތެރޭގައި ބެލެވޭނެ އަމަލުތައް ވެސް ބިލުގައި ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.
ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށައަޅާ ކަންތައްތައް:
-
އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލު ގެނައުން.
Ad
-
އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލުން.
-
އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން.
-
އެހެން ގައުމެއްގެ ރައްޔިތަކަށްވީތީ، ދިވެހިރާއްޖެ ދޫކޮށްދިޔުމަށް ގޮވާލުން.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!