މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިސްލާމިކް މިނިސްޓްރީ

486 Stories filed
ނޫމަރާގައި އަޅާ އައު މިސްކިތުގެ ބިންގާ އަޅައިފި
Thiladhunmathi News

ނޫމަރާގައި އަޅާ އައު މިސްކިތުގެ ބިންގާ އަޅައިފި

ށ. ނޫމަރާގައި އިމާރާތްކުރާ 300 މީހުންގެ ޖާގައިގެ އައު މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ. މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅާފައިވަނީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި ވަކިން ހިމެނޭ މިސްކި...

ސަރުކާރުގެ ޚަރަދުގައި އަންނަ އަހަރު ޙައްޖަށް ފޮނުވާ މީހުން ހޮވައިފި
Raajje

ސަރުކާރުގެ ޚަރަދުގައި އަންނަ އަހަރު ޙައްޖަށް ފޮނުވާ މީހުން ހޮވައިފި

ސަރުކާރުގެ ޚަރަދުގައި 1447 ވަނަ އަހަރު ޙައްޖަށް ފޮނުވާނެ 50 ފަގީރުން އިއްޔެ ހޮވައިފިއެވެ. މި ފުރުޞަތު ލިބޭ ފަރާތްތައް ހޮވާފައިވަނީ މިދިޔަ އަހަރެކޭވެސް އެއްގޮތަށް ގުރުއަތުލުމުގެ އުސޫލުންނެވެ. އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާގައި ގުރުއަތުލައިގެން ހޮވާފައިވަނީ ޙައްޖަށް ފޮނުވާނެ 50 ފަގީރުންގެ އިތުރުން، އެއްވެސް ޙާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ ފުރުޞަތު ދެވޭނެ 25 ރިޒާވް ފަރާތްތަކެވެ. މި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަގީރުންގެ ދަފްތަރަށް ބަލައިގެންނ...

ކުޅުދުއްފުށީގައި އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް
Thiladhunmathi News

ކުޅުދުއްފުށީގައި އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށި ސިޓީގައި އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ މަޤުސަދުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި އޮކްޓޯބަރ މަހު 1 އިން 6 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މުޅި ޖުމްލަ 24 ފަރާތެއް ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި އިމާމުކަމާއި ޚަތީބުކަމުގެ ތަޖުރިބާކާރު، އެ ދާއިރާއިން ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ފަރާތްތަކާއި، ޒުވާން ޚަތީބުންވ...

ރާއްޖެއިން "ސިންގަޕޫރު ޙަލާލު އިންޓަރނޭޝަނަލް ސެމިނަރ 2025" ގައި ބައިވެރިވެއްޖެ
Raajje

ރާއްޖެއިން "ސިންގަޕޫރު ޙަލާލު އިންޓަރނޭޝަނަލް ސެމިނަރ 2025" ގައި ބައިވެރިވެއްޖެ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޙަލާލު ސެކްޝަނުން، “ސިންގަޕޫރު ޙަލާލު އިންޓަރނޭޝަނަލް ސެމިނަރ 2025” ގައި ބައިވެރިވެއްޖެއެވެ. މި ސެމިނާރަކީ ޙަލާލު ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާކޮށް، ގުޅުން ބަދަހިކުރުމަށް ބޭއްވުނު މުހިއްމު ބައްދަލުވުމެކެވެ. މި މަހުގެ 24އިން 25ގެ ނިޔަލަށް ސިންގަޕޫރުގެ ހިލްޓަން ހޮޓަލުގައި ކުރިޔަށްދާ މި ސެމިނަރގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވެފައިވަނީ، ޙަލާލު ސެޓުފިކޭޝަން ޔުނިޓުގެ މުވައްޒަފު ޝިރާ ޒާހިރެވެ. ރާއްޖެއިން މި ސެ...

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ފަށައިފި
Raajje

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ފަށައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް މިރޭ ފަށައިފިއެވެ. މާލޭގެ އިސްލާމީ މަރުކަޒުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި 119 މުއައްސަސާއަކުން ޖުމްލަ 1037 ބައިވެރިން ވާދަކުރާއިރު، ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ބައިވެރިންނާއި، ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ބައިވެރިންނާއި، ޙާފިޡުންގެ ގޮފީގައި 31 […]

ހޯރަފުށި، ނޮޅިވަރަންފަރު، ހަނިމާދޫ ހިމެނޭހެން 7 ރަށެއްގެ މިސްކިތްތަކަށް މުސްޙަފް
Raajje

ހޯރަފުށި، ނޮޅިވަރަންފަރު، ހަނިމާދޫ ހިމެނޭހެން 7 ރަށެއްގެ މިސްކިތްތަކަށް މުސްޙަފް

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ރަށްރަށުގެ މިސްކިތްތަކަށް މުސްޙަފް ހަދިޔާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިތުރު 7 ރަށެއްގެ މިސްކިތްތަކަށް މުސްޙަފް ހަދިޔާކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލްއެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އުއްމީދު ޖަމިއްޔާއާއެވެ. މި އެއްބަސްވުމުގެ ދަށުން މުސްޙަފް ހަދިޔާކުރާނެ ރަށްތަކުގ...

ހާފިޒުންނަށް ރައީސް ދެއްވާ އިނާމާއި މެޑަލް ދިނުން ރޯދަ މަހުގެ 27ގައި
Raajje

ހާފިޒުންނަށް ރައީސް ދެއްވާ އިނާމާއި މެޑަލް ދިނުން ރޯދަ މަހުގެ 27ގައި

ކީރިތި ޤުރްއާން ހިތުދަސްކުރާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު، މިއަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ ދެއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި އިނާމު މި ތާރީޚަށް ހަމަޖެއްސެވުމުގެ މައިގަނޑު ސަބަބަކީ، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ޙާފިޡުންނަށް ރަސްމީކޮށް ސަނަދު ހަވާލުކުރައްވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ރަމަޟާން މަހުގެ 27 ވިލޭރޭ ބާއްވަވާ ޖަލްސާގައި ކަމަށްވާތީއެވެ. އަދި މި ޖަލްސާއަކީ ހާފިޒުންނަށް ރައީސުލްޖުމްހޫރިއް...

ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފި
Raajje

ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފި

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ވެބްސައިޓު އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. މި އާ ވެބްސައިޓަކީ މިހާތަނަށް ޤުރުއާނާއި ބެހޭ މަރުކަޒަށް ތަޢާރަފުކުރެވުނު އެންމެ ފެންވަރު ރަނގަޅު، އަދި އާންމު ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ވެބްސައިޓެކެވެ. މި ވެބްސައިޓު މެދުވެރިކޮށް މަރުކަޒުން ހިންގާ...

މިސްކިތް އަޅަން އަމިއްލަ ފަރާތްތަކަށް ބިން ދޫކުރެވޭނެ މުއްދަތު ކަނޑައަޅަނީ
Raajje

މިސްކިތް އަޅަން އަމިއްލަ ފަރާތްތަކަށް ބިން ދޫކުރެވޭނެ މުއްދަތު ކަނޑައަޅަނީ

މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް ދެ އަހަރަށް ވުރެ ގިނަ މުއްދަތު ނުދިނުމަށާއި އަމިއްލަ ފަރާތްތަކުން މިސްކިތް އަޅާއިރު ⁠ހަ މަސްދުވަހުގެ ތެރޭ މަސައްކަތް ފަށަން ލާޒިމުކޮށް އެ މުއްދަތުގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލެވޭގޮތަށް ސިޔާސަތު ކަނޑައެޅުމަށް  އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. އެ ވުޒާރާއިން ވިދާޅުވީ މި ބަދަލުގެންނަން ނިންމާފައިވަނީ އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް ބާރުއެޅުމުގެ ގޮތު...

ސަޢުދީގެ ޔުނިވާސިޓީއަކުން، ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފި
Raajje

ސަޢުދީގެ ޔުނިވާސިޓީއަކުން، ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފި

ސަޢުދީ އަރަބިއްޔާގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފި އެވެ. މިކަމަށްޓަކައި މިއަދު ވަނީ އިސްލާމީ މަރުކަޒުގައި މިކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ ފަރާތުން ފޮތްތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަޢުދީ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ހަސަން އަލްޤަހްތާނީ އާއި އެ ޔުނިވާސިޓީގެ ޑިރެކްޓަރ ޑރ. ޞާލިޙް ބިން ސުލައިމާން އަލް ޢަރަޖާއެވެ. މި...

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ ރޭ ކޭތަ ނަމާދު ކުރަނީ
Raajje

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ ރޭ ކޭތަ ނަމާދު ކުރަނީ

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ (އާދީއްތަ) ދުވަހުގެ ރޭ 11:12 ގައި ކޭތަ ނަމާދުކުރުމުގެ އިންތިޒާމްތައް ހަމަޖައްސަން އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް އަންގައިފިއެވެ. ކޭތަ ނަމާދުކުރަން އަންގައި އެ މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލަރެއްގައި ބުނީ 7 ސެޕްޓެމްބަރ 2025 ދުވަހުގެ ރޭ ހަނދުކޭތައެއް ހިފާނެކަމަށެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 8:28 ގައިކަމަށެވެ. އަދި އެ ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ […]

ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ނުނިމި އެންމެ އިންސައްތައެއް، ވަރަށް ޗާލު
Thiladhunmathi News

ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ނުނިމި އެންމެ އިންސައްތައެއް، ވަރަށް ޗާލު

ހއ. ދިއްދޫގައި ޤާއިމްކުރާ އިސްލާމީ މަރުކަޒުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އިސްލާމީ ކަންތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. އެ ވުޒާރާއިން ބުނެފައިވަނީ ވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދު ދިއްދޫގައި ސަރުކާރުން ޢިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށްދާގޮތް ބަލައިފައިވާ ކަމަށެވެ. އެގޮތުން 1500 މީހުންގެ ޖާގައިގެ މި މަރުކަޒުު އެއްކޮށް ނިންމާލެވޭނެކަމަށް ލަފާކުރެވެނީ މިއަންނަ އޮކްޓޯބަރ މަހު 15 ގައިކަމަށް އެ ވުޒާރާއިން ބުންޏެވެ. “މި މަރުކަޒުގެ 99%...

ނެއްލައިދޫ އައު މިސްކިތާއި ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި
Thiladhunmathi News

ނެއްލައިދޫ އައު މިސްކިތާއި ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ނެއްލައިދޫ އައު މިސްކިތާއި ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނެއްލައިދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ. މި ތަންތަނުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ނެއްލައިދޫ އައު މިސްކިތް ނެއްލައިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައް...

ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާ ފަށައިފި
Raajje

ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާ ފަށައިފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ ދެވަނަ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ (އިންޒެކް 2025) މިއަދު ފަށައިފިއެވެ. އިސްލާމީ މަރުކަޒުގެ ކޮންފަރެންސްގެ ހޯލްގައި ކުރިއަށްދާ މި މިހާސިންތާ ފަށާފައި ވަނީ މިއަދު ހެނދުނު 8:00 ގައެވެ. ޒަކާތު މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނެންސް ޔުނިވަރސިޓީގެ އެސޯސިއޭޓް ޑީން ފޮރ ސްޓޫޑެންޓްސް އެންޑް އިންޓަރނޭޝަނަލައިޒޭޝަން ޑރ. ޢާއިޝަތު މުނ...

އެމްއެންޔޫގެ ޕީއެޗްޑީ ޕްރޮގުރާމަށް ހޮވޭ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން ސްޕޮންސާ ދެނީ
Raajje

އެމްއެންޔޫގެ ޕީއެޗްޑީ ޕްރޮގުރާމަށް ހޮވޭ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން ސްޕޮންސާ ދެނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިޢުލާންކޮށްފައިވާ އިސްލާމިކް ސްޓަޑީޒް އަދި އިސްލާމިކް ޝަރީޢާގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) ކޯހަށް ހޮވޭ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން ސްޕޮންސާޝިޕް ދިނުމަށް ނިންމައިފިއެވެ. އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވި ގޮތުގައި، އެމްއެންޔޫއިން އިޢުލާންކޮށްފައިވާ އިސްލާމިކް ސްޓަޑީޒް އަދި އިސްލާމިކް ޝަރީޢާގެ ދާއިރާއިން ޕީއެޗްޑީ ޕްރޮގްރާމަށް ހޮވޭ ހުރިހާ އިމާމުންނަށް އެ މިނިސްޓްރީން ވަނީ ކޯސް އެއްކޮށް ސްޕޮންސާކޮށ...