އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ރަށްރަށުގެ މިސްކިތްތަކަށް މުސްޙަފް ހަދިޔާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިތުރު 7 ރަށެއްގެ މިސްކިތްތަކަށް މުސްޙަފް ހަދިޔާކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލްއެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އުއްމީދު ޖަމިއްޔާއާއެވެ.

Ad
rt

މި އެއްބަސްވުމުގެ ދަށުން މުސްޙަފް ހަދިޔާކުރާނެ ރަށްތަކުގެ ތެރޭގައި ބޮޑު ތިލަދުންމަތީގެ ތިން ރަށެއް ހިމެނެއެވެ. އެއީ ހއ. ހޯރަފުށި، ހދ. ނޮޅިވަރަންފަރު އަދި އެ އަތޮޅު ހަނިމާދޫ އެވެ.

މިފަހަރު މުސްޙަފް ހަދިޔާ ކުރާ އިތުރު ރަށްތަކަކީ، ނ. ހެނބަދޫ، ބ. މާޅޮސް، އއ. ތޮއްޑޫ އަދި ގއ. ކަނޑުހުޅުދޫ ހިމެނެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ މިސްކިތްތަކަށްވެސް މުސްޙަފް ހަދިޔާކުރަން ވަނީ ހަވާލުކޮށްފައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ އެކި ރަށްރަށުގެ މިސްކިތްތަކަށް މުސްޙަފް ހަދިޔާކޮށްފައެވެ. އަދި މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެ ވުޒާރާއިން ވަނީ ރާވާފައެވެ.