މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިސްރާއީލު

280 Stories filed
ޖައްބާރު އިސްރާއީލުގެ އަނިޔާ އިންތިހާގައި، ފަލަސްތީނު މީހެއް ޖިޕެއްގައި ބަނދެގެން ދުއްވައިފި
International

ޖައްބާރު އިސްރާއީލުގެ އަނިޔާ އިންތިހާގައި، ފަލަސްތީނު މީހެއް ޖިޕެއްގައި ބަނދެގެން ދުއްވައިފި

ހުޅަނގު އައްސޭރީގެ ޖެނިންގައި އިސްރާއީލް ސިފައިން ޒަޚަމްކޮށްލި ފަލަސްތީނުގެ މީހަކު އިސްރާއީލްގެ އަސްކަރީ ޖިޕެއްގައި ބަނދެގެން ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ. އދ.ގެ ތަޖުރިބާކާރަކު ބުނީ އެކަން ބެލެވޭނީ އިސްރާއީލުން، ފަލަސްތީނުގެ ރައްޔިތަކު އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރުން ކަމަށެވެ. އެހެންކަމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމުގައެވެ. އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގައި ހިންގި އޮޕަރޭޝަނެއްގައި ޒަހަމްވި ފަލަސްތީނުގ...

ހިޔާލުތަފާތުވުން ތަކުގެ ފަރަގު ވަރަށް ބޮޑު، ސުލްހައިގެ އެއްބަސްވުމަކަށް އާދެވޭނެހެން ހީނުވޭ: ބުލިންކަން
International

ހިޔާލުތަފާތުވުން ތަކުގެ ފަރަގު ވަރަށް ބޮޑު، ސުލްހައިގެ އެއްބަސްވުމަކަށް އާދެވޭނެހެން ހީނުވޭ: ބުލިންކަން

އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އާއި ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތާއި ދެމެދު އޮތް ޚިޔާލުތަފާތުވުންތަކުގެ ބޮޑުކަމުގެ ސަބުން މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި ސުލްހައިގެ އެއްބަަސްވުމަކަށް އާދެވޭނެ ހެން ހީނުވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްސް އެންތަނީ ބުލިންކަން ބުނެފިއެވެ. ބުލިންކަން ވިދާޅުވީ މިހާރު ދެ ފަރާތުގެ ހާލަތަށާއި ބަސްމަގަށް ބަލާފައި ދެ ފަރާތް އެއްގަލަކަށް އެރުވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް ހިތްވަރު ދޫކޮށްނުލާ ސުލްހައިގެ...

އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ ޢަދަދު 37،202 އަށް އަރައިފި
International

އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ ޢަދަދު 37،202 އަށް އަރައިފި

އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭ ސަރަހައްދުތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާ އެއްގައި ޝަހީދުކޮށްލި  ފަލަސްތީނުގެ ޣައްޒާގެ ކުށެއް ނެތް އިތުރު 5 ރައްޔިތުންނާއެކު މިހާތަނަށް ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު 37،202 އަށް އަރައިފިކަމަށް އަލް ޖަޒީރާ އިން ބުނެފިއެވެ. އަލް ޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ނޫހުގެ ނޫސްވެރިން ވަނީ މެދުތެރޭ ޣައްޒާގެ ހަމަލާ އަމާޒުވި ސަރަހައްދަށް ގޮސްފައެވެ. ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މި ހަމަލާ އަމާޒުކޮށްފައި ވަނީ...

އިސްރާއީލުން ޣައްޒާގެ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ އދ.ގެ ވެރިޔާ އެކަން ކުށްވެރިކުރައްވައިފި
International

އިސްރާއީލުން ޣައްޒާގެ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ އދ.ގެ ވެރިޔާ އެކަން ކުށްވެރިކުރައްވައިފި

އިސްރާއީލުން ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިން ނުރައްކާތެރި ޙަމަލާގައި ފަލަސްތީނުގެ އާންމުން މަރުވުމާ ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ފަލަސްތީނުގެ އާންމުން ޝަހީދުވި ކަމަށްޓަކައި ވަރަށް ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ އެ ހަމަލާ ކުށްވެރިކުރައްވާފައެވެ. އދގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އޮޕަރޭޝަނާ ގުޅިގެން ފަލަސްތީނުގެ އެތައް ސަތޭކަ އާންމުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާތީ ސެކްރެޓަރީ ޖެނެރަލް ވަރަށް ބޮޑަށް ހިތާ...

އިޒްރޭލްގެ ދިފާއީ ވަޒީރު ގޭންޓްޒް މަގާމުން އިސްތިއުފާ ދީފި
International

އިޒްރޭލްގެ ދިފާއީ ވަޒީރު ގޭންޓްޒް މަގާމުން އިސްތިއުފާ ދީފި

ހަނގުރަމާއިގެ ފަހުން ގާޒާ އާ މެދު އަމަލު ކުރާނެ ގޮތުގެ ޕްލޭނެއް ނަތަންޔާހޫ އެކުލަވާ ލައްވާފައި ނުވާތީ ކަމަށްބުނެ ގޭންޓްޒް އިޒްރޭލްގެ ހަނގުރާމައިގެ ވަޒީރު އިސްތިއުފާ ދީފިއެވެ. އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓްގައި ހިމެނޭ ދިފާއީ ވަޒީރު ބެނީ ގޭންޓްޒް އާދިއްތަ ދުވަހު އިސްތިއުފާ ދިފައިވާއިރު މީގެކުރިން އޭނާ އިސްތިއުފާދޭނެކަން ވަނީ އިއުލާންކޮށްފައެވެ. ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ނުރުހުން ނަތަންޔާހޫ އަށް އަމާޒުވެފައި ވަނިކޮށް ނަތަންޔާހޫގެ ކ...

އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ތުރުކީގެ ރައީސް އިލްތިމާސްކުރައްވައިފި
International

އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ތުރުކީގެ ރައީސް އިލްތިމާސްކުރައްވައިފި

އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް، އެފަދަ އެހީތެރިކަން އިސްރާއީލަށް ވެދެމުން އަންނަ ޤައުމުތަކަށް، ތުރުކީގެ ރައީސް އުރުދުޣާން އިލްތިމާސްކުރައްވައިފިއެވެ. ޣައްޒާގައި ހިންގަމުންދާ “ޖަރީމާތައް” އިތުރުވަމުންދާ ދަނޑިވަޅެއްގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ އިސްރާއީލަށް ހަތިޔާރު ސަޕްލައި ކުރަމުން އަންނަ ގައުމުތަކުން ޣައްޒާއަށް އެތައް މަހެއްވަންދެން ދެމުން ގެންދާ ނުރައްކާތެރި ހަމަލާތަކުގައި އިސްރާއީލުގެ “ޖަރީމާތަކުގައި ބައިވެރިވުން” ހުއްޓާލުމަށް ގޮވާލައްވައިފައެވެ. އުރު...

ޣައްޒާގެ ސްކޫލަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ 40 މީހުން ޝަހީދުވެއްޖެ
International

ޣައްޒާގެ ސްކޫލަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ 40 މީހުން ޝަހީދުވެއްޖެ

ޣައްޒާގެ މެދުތެރޭގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް އާންމުންނަށް ހިޔާވަހިކަން ފޯރުކޮށްދޭ ސްކޫލަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 40 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީ (ޔޫއެންއާރްޑަބްލިއުއޭ) އިން ހިންގަމުން އަންނަ ސްކޫލަކަށް ބުދަ ދުވަހުގެ ރޭ ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 14 ކުޑަކުދިންނާއި ނުވަ އަންހެނުން ހި...

އިސްރާއީލުން ދަނީ ޣައްޒާގައި މަދަނީ އާބާދީއެއް މުޅިން ހަލާކުކުރަމުން: ޕުޓިން
International

އިސްރާއީލުން ދަނީ ޣައްޒާގައި މަދަނީ އާބާދީއެއް މުޅިން ހަލާކުކުރަމުން: ޕުޓިން

އިސްރާއީލުން ދަނީ ޣައްޒާގައި މަދަނީ އާބާދީއެއް މުޅިން ހަލާކުކުރަމުންކަމަށް ރަޝިއާގެ ރައީސް ޕުޓިން ވިދާޅުވެއްޖެއެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ދެއްވި ޕްރެސްއެއްގައި ވަނީ ޣައްޒާއާ ދެކޮޅަށް އިޒްރޭލުން މިހާރު ދެމުން ގެންދާ އަސްކަރީ ހަމަލާތަކުގައި “އާންމުންގެ އާބާދީ މުޅިން ހަލާކުކޮށްލުމަށް” އިސްރާއީލުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕުޓިން ވަނީ ގާތްގަނޑަކަށް އަށް މަސް ދުވަސްވެފައިވާ ހަމަނުޖެހުންތަކުގައި އިސްރާއީލުން އަމަލު ކ...

ހިޒްބުالله އާ ދެކޮޅަށް ހަމަލާދޭން ތައްޔާރަށް އޮތް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި
International

ހިޒްބުالله އާ ދެކޮޅަށް ހަމަލާދޭން ތައްޔާރަށް އޮތް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި

އިޒްރޭލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ހަރްޒީ ހަލެވީ ވިދާޅުވީ ލުބުނާނުގައި ހިޒްބުالله އަށް ހަމަލާ ދޭން އިޒްރޭލުން އޮތީ ތައްޔާރަށް ކަމަށާއި އެކަމާ މެދު ގޮތެއް ނިންމުމާ ގާތްވެފައިވާ ކަމަށެވެ. ހަލެވީ މިހެން ވިދާޅުވެފައި މިވަނީ އިސްރާއީލުގެ ނޭޝަނަލް ފަޔާ އެންޑް ރެސްކިއު އޮތޯރިޓީގެ ކޮމިޝަނަރު އެޔަލް ކަސްޕައި އާއި އަސްކަރިއްޔާގެ ބައެއް ލީޑަރުންނާ އެކު އިޒްރޭލުގެ އުތުރު ބޯޑަރު ސަރަހައްދުގެ ހާލަތު ދެނެގަތުމަށް ފަހު ކަމަށް އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. މިދިޔަ […]

ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމާއެކު އިސްރާއީލުން އޮތީ ''ކުރިއަށް ދާން ތައްޔާރަށް ކަމަށް'' އެމެރިކާއިން ބުނެފި
International

ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމާއެކު އިސްރާއީލުން އޮތީ ''ކުރިއަށް ދާން ތައްޔާރަށް ކަމަށް'' އެމެރިކާއިން ބުނެފި

ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ޘާނީއާ އެކު މިދިޔަ ހަފުތާގައި ހަމާސް އަށް ހުށަހެޅުއްވި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އިސްރާއީލުގެ “ކުރިއަށް ދާން ތައްޔާރަށް” އޮތްކަން ކަށަވަރުކޮށްދެއްވާފަ އެވެ. އެދެބޭފުޅުންގެ މަޝްވަރާތަކުގައި ބައިޑަން ވަނީ ޣައްޒާގެ މައްސަލަ ނިމުމަކަށް ގެނައުމުގެ ހަރުދަނާ މަގުޗާޓެއް މިހާރު މޭޒުމަތީގައި އޮތްކަން ކަށަވަރުކޮށްދެއްވާފައެވެ. އެގްޒެކެޓިވް މެންޝަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ހަމާސް އަށް މިހާރު ހުށަހަޅާފައިވާ...

ރާއްޖޭގައި އިސްރާއީލު ޕާސްޕޯޓް މަނާކުރަން ސަރުކާރުން ނިންމައިފި
Raajje

ރާއްޖޭގައި އިސްރާއީލު ޕާސްޕޯޓް މަނާކުރަން ސަރުކާރުން ނިންމައިފި

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ. އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ. ކެބިނެޓް ބައްދަލުވުމަށް ފަހު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން އިއުލާން ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނ...

''ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޢުދުވާންތައް ޤަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ޚިލާފު''
Raajje

''ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޢުދުވާންތައް ޤަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ޚިލާފު''

ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޢުދުވާންތަކަކީ ޤަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ޚިލާފު އުދުވާންތަކެއްކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެވެ. ނައިބު ރައީސް ހުސެން މިހެން ވިދާޅުވީ ޔުގެންޑާގެ ކަމްޕާލާގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވަމުންނެވެ. މި ސަމިޓުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، އަދުގެ ދުނިޔޭގައި އިންސާނުންނަށް ލިބިފައިވާ ކުރިއެރުންތަކެކޭ އެއްގޮތަށް ބޮޑެތި މައްސަލަތަކާ...

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފި
International

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ވައިގެ މަގުން ސީރިއާ އަށް ދިން ހަމަލާއެއްގައި އީރާންގެ ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރު ސައްޔިދު ރަޒީ މޫސާވީ ރޭ ޝަހީދުކޮށްލައިފިއެވެ. ހައްދުފަހަނައަޅާފައިވާ ޔަހޫދީ ނިރުބަވެރިން ސީރިއާގެ ދިމިޝްގުގެ ސައްޔިދާ ޒައިނަބު ނަމަކަށްކިޔާ ސަރަހައްދަކަށް ދިން ހަމަލާގައި އަވަހާރަކޮށްލި މޫސާވީއަކީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްގެ އިސް މުޝީރެކެވެ. އަދި ސީރިޔާގައި އޮންނަ “ރެސިސްޓެންސް ސަޕޯޓް ޔުނިޓް” ގެ ވެރިޔާއެވެ. މޫސާވީ އަވަހާރަކޮށްލުމާ ގުޅިގެން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްއިން ނެރުނު...

އިސްރާއީލްގެ ރައްޔިތުން ރާއްޖެ އިން ފޭބުމަށް އިސްރާއީލުން އަންގައިފި
International

އިސްރާއީލްގެ ރައްޔިތުން ރާއްޖެ އިން ފޭބުމަށް އިސްރާއީލުން އަންގައިފި

އިސްރާއީލްގެ ރައްޔިތުން ރާއްޖެ ދަތުރު ނުކުރުމަށާއި ރާއްޖޭގައި ތިބި އިސްރާއީލްގެ ރައްޔިތުން ވެސް ރާއްޖެ އިން ފޭބުމަށް އިސްރާއީލްގެ ފޮރިން މިނިސްޓްރީން އެދިއްޖެއެވެ. އިސްރާއީލްގެ ފޮރިން މިނިސްޓްރީން ނެރުނު އިންޒާރުގެ ނޯޓެއްގައި ބުނެފައި ވަނީ ރާއްޖޭގައި އިސްރާއީލްއާ ދެކޮޅު ހިޔާލުތަކާއި ހަރަކާތްތައް އިތުރުވެފައިވާ ކަމަށެވެ. އަދި އިސްރާއީލްއާ ދެކޮޅު ހިޔާލުތައް ފާޅުކުރާ މީހުންގެ ތެރޭގައި ދިވެހި ސަރުކާރުގެ އޮފިޝަލުން ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ. އެހެންވެ، މިވަގުތު އިސްރާއީލަށް ދަތުރު ނުކުރުމަށާއި...

ޣައްޒާ އަށް ވަދެ އުޅޭ ޔަހޫދީ ސިފައިންނަށް ލިބޭ ގެއްލުން ބޮޑުވަނީ!
International

ޣައްޒާ އަށް ވަދެ އުޅޭ ޔަހޫދީ ސިފައިންނަށް ލިބޭ ގެއްލުން ބޮޑުވަނީ!

ފަލަސްތީނުގެ ޣައްޒާ އަށް އަރައިގަނެ، ހަނގުރާމަ ކުރަމުން އަންނަ އިސްރާއީލްގެ ސިފައިން މަރުވާ އަދި ޒަހަމްވާ އަދަދުތައް ވަރަށް ބޮޑު ތަނުން އިތުރުވާން ފަށައިފިއެވެ. އިސްރާއީލުން ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް، ހަނގުރާމަ ފެށީ މިދިޔަ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްގެ މުޖާހިދުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރައި ދިން ކުއްލި ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކުގައި އިސްރާއީލްގެ 1،200 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އޭގެ ތެރޭގައި 300 އަށް ވުރެ […]