އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭ ސަރަހައްދުތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާ އެއްގައި ޝަހީދުކޮށްލި ފަލަސްތީނުގެ ޣައްޒާގެ ކުށެއް ނެތް އިތުރު 5 ރައްޔިތުންނާއެކު މިހާތަނަށް ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު 37،202 އަށް އަރައިފިކަމަށް އަލް ޖަޒީރާ އިން ބުނެފިއެވެ.

އަލް ޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ނޫހުގެ ނޫސްވެރިން ވަނީ މެދުތެރޭ ޣައްޒާގެ ހަމަލާ އަމާޒުވި ސަރަހައްދަށް ގޮސްފައެވެ. ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މި ހަމަލާ އަމާޒުކޮށްފައި ވަނީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ އިމާރާތަކަށް ކަމަށް އަލްޖަޒީރާގެ ނޫސްވެރިންނާއި ހަވާލާދީ އެ ނޫހުން ވަނީ ބުނެފައެވެ.

Ad
rt

އެމެރިކާ އިން އިސްނަގައިގެން ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ސުލްހައިގެ އެއްބަސްވުމަށް ޔަހޫދީންގެ ޣައިރު ޤާނޫނީ އަނިޔާވެރި ދައުލަތް އިސްރާއީލުން އެއްބަސްވެ އެ ހުށަހެޅުމަށް އަމަލުކުރަން ތައްޔާރަށް އޮށް ކަމަށް އެމެރިކާ އިން ބުނަމުން ދިޔަ ނަމަވެސް ޔަހޫދީ އިސްރާއީލުގެ ވެރިންގެ ބަސް މަގުންނާއި އަނިޔާވެރި އަސްކަރިއްޔާގެ އަމަލުތަކުން އެކަން ނުފެނެއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ހަމަލާތަަކަށް އެއްވެސް ކަހަލަ ބަދަލެއް އައިސްފައި ނުވާއިރު ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަކުރާރުކޮށް ބުނަމުންދަނީ ފަލަސްތީނުގެ ޣައްޒާ އިން ހަމާސް ޖަމާއަތް އެއްކޮށް ބަލިނުކުރެވެނީސް ހަނގުރާމަ ނުހުއްޓާނެ ކަމަށެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ވަނީ ކުށެއް ނެތް އާންމުންގެ 38،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.