އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އާއި ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތާއި ދެމެދު އޮތް ޚިޔާލުތަފާތުވުންތަކުގެ ބޮޑުކަމުގެ ސަބުން މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި ސުލްހައިގެ އެއްބަަސްވުމަކަށް އާދެވޭނެ ހެން ހީނުވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްސް އެންތަނީ ބުލިންކަން ބުނެފިއެވެ.

ބުލިންކަން ވިދާޅުވީ މިހާރު ދެ ފަރާތުގެ ހާލަތަށާއި ބަސްމަގަށް ބަލާފައި ދެ ފަރާތް އެއްގަލަކަށް އެރުވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

Ad
rt

ނަމަވެސް ހިތްވަރު ދޫކޮށްނުލާ ސުލްހައިގެ އެއްބަސްވުމަކަށް ދެ ފަރާތްވެސް ގެނެއުމަށް މަސައްކަތް ކުރަމުންދާ ގައުމުތައް ކަމަށްވާ އެމެރިކާ، ޤަތަރު އަދި މިސްރުން އިތުރަށް މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް ބުލިންކަން ވަނީ ބުނެފައެވެ.

" އެއްބަސްވުމަކަށް ނާދެވިގެން މި އުޅެނީ ދެ ފަރާތުން ވެސް އެބައެއް ޤަބޫލުކުރާ ކަންކަމުގައި ވަރަށް ބާރަށް ހިފައި ގޮތްދޫކުރަން ތައްޔާރު ނުވާތީ އަހަރެން ނެތިން ވަކި ބަޔެއްގެ ޑިމާންޑްތައް ކިޔާކަށް ނަމަވެސް މިހާރު މީ ގޮތް ދޫކޮށް ދެ ފަރާތުން ވެސް ސުލްހަ ޤާއިމުކުރަން މަސައްކަތް ކުރަންވީ ވަގުތު" އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްސް އެންތަނީ ބުލިންކަން ބުންޏެވެ.

ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ނުވެވި ސުލްހައިގެ އެއްބަސްވުމަކަށް ނާދެވޭނަމަ އޭގެ ގެއްލުން ދެ ފަރާތަށް ވެސް ކުރާނެ ކަމަށާއި ދެ ފަރާތުގެ ރައްޔިތުން ވެސް މިހާރު ބޭނުން ވަނީ ސުލްހަ ކަމަށް އެންތަނީ ބުލިންކަން ނޫސްވެރިންނާ ބައްދަލުކޮށް ދެއްކި ވާހައިގެ ތެރެއިން ވަނީ ބުނެފައެވެ.