ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ޘާނީއާ އެކު މިދިޔަ ހަފުތާގައި ހަމާސް އަށް ހުށަހެޅުއްވި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އިސްރާއީލުގެ "ކުރިއަށް ދާން ތައްޔާރަށް" އޮތްކަން ކަށަވަރުކޮށްދެއްވާފަ އެވެ.

އެދެބޭފުޅުންގެ މަޝްވަރާތަކުގައި ބައިޑަން ވަނީ ޣައްޒާގެ މައްސަލަ ނިމުމަކަށް ގެނައުމުގެ ހަރުދަނާ މަގުޗާޓެއް މިހާރު މޭޒުމަތީގައި އޮތްކަން ކަށަވަރުކޮށްދެއްވާފައެވެ. އެގްޒެކެޓިވް މެންޝަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

Ad
rt

ހަމާސް އަށް މިހާރު ހުށަހަޅާފައިވާ ޝަރުތުތަކާ އެކު ކުރިއަށް ދާން އިސްރާއީލުން ތައްޔާރަށް އޮތްކަން ރައީސް ބައިޑެން ކަށަވަރުކޮށްދެއްވިއެވެ. އަދި މިއީ އެއްބަސްވުމަކަށް ދެވެން އޮތް އެންމެ ރަނގަޅު ފުރުސަތެއް ކަމަށާއި، ހަމާސް އިން ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ދެކޮޅު ހެދުމަކީ ހަމަނުޖެހުން ދިގުދެމިގެން ގޮސް، ޣައްޒާގެ ރައްޔިތުންނަށް ލުޔެއް ނުލިބޭނެ ކަމެއް ކަމަށް ބައިޑަން ވިދާޅުވި އެވެ.

މިސްރާއި ގަތަރާ ގުޅިގެން މުޅި އެއްބަސްވުން ފުރިހަމައަށް ތަންފީޒު ކުރުމަށް އެމެރިކާ އިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ބައިޑެން ދެއްވިއެވެ. އަދި ހަމާސް އިން އެއްބަސްވުން ބަލައިގަތުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް އާމިރު ތަމީމްގެ ކިބައިން އެދިވަޑައިގެން، ޣައްޒާގެ ރައްޔިތުންނަށް ފުރިހަމަ ހަނގުރާމަ ހުއްޓާލުމަށާއި ލުޔެއް ދިނުމަށް މިހާރު އޮތް ހަމައެކަނި ހުރަހަކީ ހަމާސް ކަން ކަށަވަރުކޮށްދެއްވި އެވެ.

މި ޕްލޭން ހަމާސްއަށް ހުށަހަޅާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ވައިޓް ހައުސްއިން މީގެ ކުރިން ބުނެފައިވަނީ ހަމާސް ޖަމާއަތުގެ ރަސްމީ ޖަވާބަކަށް އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.

ހަމާސް ޖަމާއަތުން ބުނީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމާއި، ޣައްޒާއިން މުޅިން ފޭބުމާއި، އަލުން އިމާރާތް ކުރުމުގެ މަސައްކަތާއި، ގެދޮރު ގެއްލިފައިވާ މީހުން އެނބުރި ގައުމަށް ފޮނުވާލުމާއި، ފުޅާ ދާއިރާއެއްގައި ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއް ފުރިހަމަކުރުން ފަދަ ކޮންމެ ހުށަހެޅުމަކަށް ވެސް ހަމާސް އިން ހެޔޮ އިޖާބަ ދޭނެ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ބައިޑަން ހުށަހެޅުއްވި މި ހުށަހެޅުއްވުމުގައި ތިން ފިޔަވަހީގެ އެއްބަސްވުމެއް އެކުލަވާލުމަށް ނިންމާފައިވާއިރު، އެ އެއްބަސްވުން ނިމުމަކަށް އަންނާނީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ޣައްޒާ އާރާސްތުކުރުމަށާއި، ޣައްޒާގައި ހައްޔަރުކޮށްފައި ތިބި މީހުންނާއި މަރުވެފައިވާ އެންމެންގެ ހަށިގަނޑު އެނބުރި ގައުމަށް ފޮނުވާލުމަށެވެ.

ހޯދާފައިވާ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހްގައި ތެލްއަވީވް އިން ހިންގާ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފަ އެވެ.