އުލިގަމުން މިވަގުތު އެންމެ އެދޭ ކަމަކީ އައު ޞިއްޙީ މަރުކަޒެއް
ހއ. އުލިގަމުގެ ރައްޔިތުން މިވަގުތު އެންމެ އެދޭ ކަމަކީ ރަށުގައި އައު ޞިއްޙީ މަރުކަޒެއް ހެދިގެންދިއުންކަމަށް އެރަށު ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި ދަންނަވައިފިއެވެ. ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުގައި ތިން ވަނަ މަންޒިލެއް ގޮތުގައި އިއްޔެ ވަޑައިގަތީ ހއ. އުލިގަމަށެވެ. އެރަށުގައި ރަށު ކައުންސިލާއި އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށަށާއި، ކައުންސިލަށް ބޭނުންވެފައިވާ ކަންތައްތައް ރައީސް އަށް ދަންނަވާފައެވެ. […]