ހއ. އުލިގަމު ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މައުލޫމާތު ދިނުމަށް ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ.

އުލިގަމު ކައުންސިލު އިދާރާ އިން ކޮށްފައިވާ އިއުލާނެއްގައި ވަނީ މިއީ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އާއި ގުޅިގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި މައުލޫތާތު ދެއްވާނީ ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ބޭފުޅުން އެރަށަށް ވަޑައިގެން ކަމަށެވެ.

Ad
rt

އެ ބޭފުޅުން އެރަށުގެ ދަނޑުބިންތަކަށް ޒިޔާރަތްކޮށް، ދަނޑުވެރިންނާ ބައްދަލުކޮށް ދަނޑުވެރިން ހައްދާ އަދި ހައްދަން ބޭނުންވާ ބާވަތްތަކުގެ ފަންނީ ލަފާ ދެއްވާނެ ކަމަށް ވެސް ކައުންސިލުން ވިދާޅުވެއެވެ. އަދި ދަނޑުތަކަށް ޖެހޭ ބަލިތައް ހޯދައި، ބަލިތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ދަނޑުވެރިން އިތުރަށް ސާފުކުރުމަށް ބޭނުންވާ މައުލޫމާތު ސާފުކޮށްދިނުމާއި ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ.

އެހެންކަމުން ދަނޑުވެރިކަމާއި ގުޅުންހުރި މައުލޫމާތު ހޯދުމަށާއި ފަންނީ އެހީތެރިކަން ބޭނުންވާ ދަނޑުވެރިން ނަން ނޯޓު ކުރުމަށް މި ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އަދި ޖެނުއަރީ 30 ވާ ހޯމަ ދުވަހުގެ ހެނދުނު 10 ޖެހުމާއި ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އުލިގަމު ކައުންސިލުން ބުނީ އެ އިދާރާއަށް ވަޑައިގެން ނުވަތަ 6500036 ނަމްބަރު ފޯނަށް ގުޅައިގެން ވެސް ނަން ނޯޓު ކުރެވޭނެ ކަމަށެވެ.