އުލިގަމު ކުނިކޮށި މެނޭޖުކުރަން، ފާރަ އިންވެސްޓްމެންޓާއި ހަވާލުކޮށްފި

44A3646D-E71B-4A4D-A61A-78300AD91AA2

ހއ. އުލިގަމު ކުނިކޮށި މެނޭޖުކުރުން އެރަށު ފާރަ އިންވެސްޓްމެންޓާ ހަވާލުކޮށްފި އެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލުގެ ރައީސް އަހުމަދު މުޢާޛް މުޙައްމަދެވެ. ފާރަ އިންވެސްޓްމަންޓްގެ ފަރާތުން ސޮއި ކުރެއްވީ އެރަށު ފަޒާ މުޙައްމަދު ސިރާޖެވެ.

މި އެއްބަސްވުމުގެ ދަށުން ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އެ މަސައްކަތް ކުރުމަށް އެއްބަސް ވެފައިވާއިރު، ކުރިއެކޭވެސް އެއްގޮތަށް ކުނި އުކުމަށް އޮންނަ ދުވަސްތަކާއި ވަގުތުތަކުގައި ރައްޔިތުންނަށް ކުނި އުކަމުން ގެންދެވޭނެ ކަމަށް އުލިގަން ކައުންސިލުން ވިދާޅުވެ އެވެ.

މި މަސައްކަތް ފާރަ އިންވެސްޓްމެންޓާ ޙަވާލު ކުރުމުގެ ކުރިން ކައުންސިލުން ވަނީ ކުނިކޮށީގެ ސަރަޙައްދުގެ އިން ވަކިކޮށް ސާފުކޮށްފަ އެވެ.

މި މަސައްކަތް ކޮށްފައިވަނީ ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން ގުޅިގެން ހިލޭ ސާބަހަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި