ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވުން: ބައެއް ގޭތަކުން މީހުން ހުސްކޮށްފި
ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގެ ރޯވި އަލިފާން ފެތުރެމުން އަންނައިރު، އެ ސަރަހައްދުގެ ބައެއް ގޭތަކުން މީހުން ހުސްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ، ރޯވެފައިވާ އަލިފާން އަދިވެސް ކޮންޓްރޯލް ކުރެވިފައި ނުވާކަމަށެވެ. އެހެންވެ އަލިފާން ރޯވެފައިވާ އިމާރާތާ ކައިރި ހިސާބުތަކުގައި މީހުން ދިރިއުޅޭ ގޭތަކުން މިހާރު މީހުން ހުސްކޮށްފައިވާކަމަށެވެ. މި ހާދިސާ ހިނގި ސަބަބު އަދި ދެނެގަނެވިފައިނުވާއިރު، ފުރަތަމަ އަލިފާން ހިފީ ހައުސިން މިނިސްޓްރީގެ ފަންގިފިލާއެއްގެ ސީލިންގ ގައިކަމަށް ބެލެވޭކަމަށް އެ ސަރަހައްދު...