ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވެ އަދަނދަމުން އެބަދެއެވެ.
އެތަނުގައި ރޯވުމުން މުޅި ސަރަހައްދަށް ވަނީ ބޯ ދުންގަނޑެއް ފެތުރިފައެވެ.
އެތަނުގައި ރޯވި އަލިފާން ނިންވުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަންނަނީ ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރަތަމަ ރޯވެފައި ވަނީ އިމާރާތުގެ ފަންގިފިލާއެއްގެ ސީލިންގގައެވެ. މި ހާދިސާ ހިނގާފައި ވަނީ އޮފީސްތައް ހުޅުވުމުގެ ކުރިންނެވެ.
މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވެ އަނދަނީhttps://t.co/yqPkjFrFpj pic.twitter.com/L8ai7tEeE3
— Thiladhun (@thiladhun) December 12, 2024
އެ ސަރަހައްދުގައި ހުރި ‘ތިލަދުން’ގެ ނޫސްވެރިޔަކު ބުނީ، އެ އިމާރާތުގައި ރޯވި އަލިފާން އަދި ކޮންޓްރޯލް ނުވާކަމަށެވެ. ބޯ ދުންގަނޑުގެ ސަބަބުން އަދި ބޭރަށް އަލިފާން ފެންނަން ނެތް ކަމަށް އޭނާ މައުލޫމާތު ދެއެވެ.
މި އިމާރާތަކީ ކޮންޓްރަކްޝަން މިނިސްޓްރީ ވެސް ހިންގަމުން އަންނަ އިމާރާތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!