ކ. ތިލަފުށީގައި އެހެލާފައި އޮތް ޑިންގީއެއްގައި ރޭ ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ތިލަފުށި ފަޔަރ ސްޓޭޝަނުން ވަނީ ނިއްވާލައިފައެވެ.

އެމްއެންޑީއެފްއިން މަޢުލޫމާތު ދިންގޮތުގައި، ދިގުމިނުގައި 25 ފޫޓު ހުންނަ މި ޑިންގީގައި އަލިފާން ރޯވެފައިވާކަމުގެ ރިޕޯޓު ލިބުނީ ރޭ 00:24 ހާއިރުއެވެ.

Ad
rt

މިރިޕޯޓު ލިބުމާއެކު ތިލަފުށި ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

ފަޔަރ ފައިޓަރުންގެ މަސައްކަތުން، ޑިންގީއަށް އެއްވެސް ގެއްލުމެއް ނުވަނީސް އަލިފާން ވަނީ ނިއްވާލެވިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ތިލަފުށީގައި އެހެލާފައި އޮތް ޑިންގީއެއްގައި ރޭ ރޯވި އަލިފާން، އެމްއެންޑީއެފުން ނިއްވާލާފައިވާއިރު، މިއަދު ހެނދުނު މުދާ އުފުލާ ދޯންޏެއްގައި ރޯވި އަލިފާން ނިއްވާލުމަށް ސިފައިންނާއި ފުލުހުން ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.