މާލޭގެ ބޮޑުތަކުރުފާނުމަގުން ދުއްވާފައިދިޔަ ޕިކަޕެއްގެ ބެޓެރީގައި އަލިފާން ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ބޮޑުތަކުރުފާނުމަގުން އިރަށް ދަތުރުކުރަމުން ދިޔަ ޕިކަޕެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

Ad
rt

އެމްއެންޑީއެފުން ބުނިގޮތުގައި އެ ޕިކަޕްގައި އަލިފާން ރޯވީ ޕިކަޕްގެ ބެޓެރި ޝޯޓްވެ، އެ ބެޓެރީގައި އަލިފާން ރޯވެގެން ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު ހެނދުނު 08:39 ހާއިރު އެވެ.

މި ރިޕޯޓު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

''މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އެ ޕިކަޕުގެ ބެޓެރީގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު ހެނދުނު 08:42 ހާއިރު'' އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި ވެސް މީހަކަށް އަނިޔާއެއްވިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވާކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.