މާލޭގެ މާފަންނު އޯކިޑްޕްލާޒާގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 15 ކުޑަކުދިން ހިމެނޭހެން 48 މީހަކަށް ރައްކާތެރިކަން ފޯރުކޮށްދެވުނުކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އޯކިޑްޕްލާޒާ ގެއަކީ މީހުން ދިރިނޫޅޭ ގެއެކެވެ. އެ ގޭގައި މި ހާދިސާ ހިނގައިގެން މިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ މެންދަމު 3:32 ހާއިރުކަމަށް އެ އިދާރާއިން ބުނެފަވެއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންނުވާކަމަށް ފުލުހުން ވަނީ ރޭ ބުނެފައެވެ.
މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެ އިދާރާއަށް ލިބުނީ ރޭ ފަތިހު 03:31 ހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު އެތަނުގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ކުރި މަސައްކަތުން، އެތަނުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މިރޭ ފަތިހު 04:49 ހާއިރުކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ރޭ ފަތިހު މ.އޯކިޑްޕްލާޒާގަ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ކައިރި ގެތަކުން 48 މީހަކު އިވަކުއޭޓް ކުރެވިފައިވޭ. މީގެ ތެރޭގައި 15 ކުޑަކުދިން ހިމެނޭ. މިހުރިހާ ފަރާތްތައް މިހާރު ވަނީ ގެތަކަށް އަނބުރާ ވެއްދިފަ. ٱلْحَمْدُ لِلَّٰهِ އެއްވެސް ފަރާތަކަށް ހާނިކައެއް ވެފައެއް ނުވޭ. pic.twitter.com/Zy1HQYZIZ1
— NDMA Maldives (@NDMAmv) July 29, 2024
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާއާއި ގުޅިގެން އެންޑީއެމްއޭ އިން މިއަދު ބުނީ، ރޭ ފަތިހު މ.އޯކިޑްޕްލާޒާގަ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ކައިރި ގެތަކުން 48 މީހަކު އިވަކުއޭޓް ކުރެވިފައިވާ ކަމަށެވެ.
''މީގެ ތެރޭގައި 15 ކުޑަކުދިން ހިމެނޭ. މިހުރިހާ ފަރާތްތައް މިހާރު ވަނީ ގެތަކަށް އަނބުރާ ވެއްދިފަ. ٱلْحَمْدُ لِلَّٰهِ އެއްވެސް ފަރާތަކަށް ހާނިކައެއް ވެފައެއް ނުވޭ.'' އެންޑީއެމްއޭ އިން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!