ސައިކަލުތަކުގައި ރޯކޮށްލި ކަމުގެ ހެއްކެތް ނެތް: ފުލުހުން
މާލޭގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޭ ރޯވެ ފަސް ސައިކަލެއް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާއިރު މި ސައިކަލްތަކުގައި ރޯކޮށްލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 00:34 ހާއިރުއެވެ. މި ހާދިސާގައި އެތަނުގައި ހުރި ފަސް ސައިކަލެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. މިއީ ގަސްދުގައި ހިންގާފައިވާ ކަމެއްކަމަށް ބައެއް ފަރާތްތަކުން ވަނީ...