މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އަނިޔާވި ދެ މީހަކަށް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނިގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މާފަންނު ފުލޫނިޔާ މަގުގައި ހުރި ގެއެއްގެ ތިންވަނަ ފަންގިފިލާގައެވެ.

Ad
rt

މި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާގައި ދެ މީހަކަށް އަނިޔާވެގެން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ.އެންޒިއަންގޭގެ 3 ވަނަ ފަންގިފިލާގައި ކަމަށެވެ.

މިހާރު އަލިފާން ވަނީ ނިއްވާލާފައި ކަމަށާއި، މި ހާދިސާގައި، ދުމުގެ އަސަރުކޮށްގެން މިހާތަނަށް 4 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.