ކައުންސިލަރުންނާއި ޑަބްލިޔުޑީސީތަކުގެ މެމްބަރުންގެ ދައުރު ފެށިއްޖެ
މިދިޔަ އޭޕްރިލް ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި، އެ އިންތިޚާބުގައި އެއްވަރުވެގެން ވޯޓުނެގި ރަށްތަކުން އިންތިޚާބުވި މެމްބަރުން މިއަދު މަގާމުގެ ހުވާކޮށް ރަސްމީކޮށް މަގާމާއި ހަވާލުވެއްޖެއެވެ. ލޯކަލް ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް އިންތިޚާބުވި މެމްބަރުންގެ ހުވާކުރުން މިއަދު ހެނދުނު 10:10 އިން ފެށިގެން މެންދުރުފަހު 15:00 ހަމައަށް ކުރިއަށް ގެންގޮސްފައިވާއިރު، ހުވާކުރުުމަށްފަހު ސިޓީތަކުން ޑެޕިއުޓީ މޭޔ...