އިންތިހާބީ ރިޝްވަތުގެ މައްސަލައެއް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތަރު އަހަރުގެ ޖަލު ހުކުމެއް!
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން އިންތިހާބީ ރިޝްވަތުގެ މައްސަލައެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ބުނެފި އެވެ. މި އިންތިހާބުތަކާ ގުޅިގެން ސިޔާސީ ޕާޓިތަކުން ކެމްޕެއިނުގެ ހަރަކާތްތައް ފުޅާކޮށްފައިވާއިރު އޭސީސީން މިއަދު ބުނީ އިންތިހާބުތަކާ ދިމާކޮށް މީހެއްގެ މައްޗަށް އިންތިހާބީ ރިޝްވަތުގެ މައްސަލަ...