އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވާނެ ތާރީޚާއި، އިންތިޚާބާ ގުޅޭ މުހިންމު ތަފްސީލުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ހާމަކޮށްފިއެވެ.

އެ ކޮމިޝަނުން ނިންމާފައިވަނީ މި އިންތިޚާބު 2026 ޖޫން 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށެވެ.

Ad
rt

މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު މާދަމާ ހެނދުނު 10:00 އިން ފެށިގެން ވަނީ ހުޅުވާލާފައެވެ.

އިންތިޚާބަށް ކުރިމަތިލުމުގެ އެންމެ ފަހު ވަގުތަކީ 2026 އެޕްރީލް 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00 އެވެ. ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ހާޒިރުވެގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، ކެންޑިޑެސީ ފޯމު ހުށަހަޅާއިރު ކެންޑިޑޭޓުންނާއި އެ ފަރާތްތަކުގެ އިންތިޚާބީ އޭޖެންޓުންގެ ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށްފައިވާ ލިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ންތިޚާބު އޮންނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ތާވަލުކޮށްފައިވަނީ 2026 ޖޫން 8 ވާ ހޯމަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަށް ހުޅުވާލީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން 12 އޭޕްރިލް 2025 ގައި ހުކުމް ކުރުމާއި ގުޅިގެންނެވެ.