"ދަ ޑިމޮކްރެޓްސް" ރަޖިސްޓަރީކޮށް ދިނުން ލަސްވާތީ ނާޒިމްގެ ކަންބޮޑުވުން
ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާއިރު، އެ ޕާޓީ ރަޖިސްޓްރީ ކޮށްދިނުން ލަސްކުރާވާތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ކަންބޮޑުވުން ދާޅުކުރައްވައިފިއެވެ. “ދަ ޑިމޮކްރެޓްސް” އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދާ ސިޔާސީ ޕާޓީއެކެވެ. އެ ޕާޓީ ރަޖިސްޓަރީ ކުރުން ލަސްވާތީ، އެކަމު...