ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ބާއްވާ ބޮޑު އެއްވުމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ މެންބަރުން ބައިވެރިވެދިނުމަށް އެ ޕާޓީން އެދިއްޖެއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެއް އުފައްދާފައެވެ. އަދި މި އިއްތިހާދުން އަންނަނީ މިރޭ ވެެރިރަށް މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރު ވަމުންނެވެ.

Ad
rt

މި އެއްވުމާއި ގުޅޭގޮތުން އެމްއެންޕީން ބުނީ، ބޮޑު އެއްވުމުގައި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމްގެ އިތުރުން ޕާޓީގެ ލީޑަރޝިޕް ބައިވެރިވާނެ ކަމަށެވެ. އަދި ޕާޓީގެ ވީހާވެސް ގިނަ މެންބަރުން މިއެއްވުމުގައި ބައިވެރިވުމަކީ ޕާޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް ބުންޏެވެ.

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ބައިނަލްއަގްވާމީ ޓްރައިބިއުނަލް، އިޓްލޮސްއިން ނިންމީ ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ނަމަވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގެ ދަށުން ކުރިން ބޭނުން ކުރަމުން އައި 200 މޭލުގެ ސަރައްދުން 45،000 އަކަ ކިލޯ މީޓަރަށް ވުރެ ބޮޑު ބައެއް ގެއްލުނެވެ.

މި މައްސަލާގައި ސަރުކާރުންނެގި ސްޓޭންޑާއި ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން އަންނަނީ އިއްތިހާދެއް އެކުލަވާލައި މަސައްކަތް ކުރަމުންނެވެ.