ރާއްޖޭގެ ކުރިމަގާއި ވެށީގެ ހިމާޔަތަށްޓަކައި ގައުމުގެ ސިޔާސަތުތައް އެކަށައަޅާއިރު ފަރުވާތެރިވާންޖެހޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވާހައިގުޅިގެން ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވަމުންނެވެ.

Ad
rt

ނާޒިމް ވިދާޅުވީ، ދިވެހިރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ދެތަނބު ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަން ބިނާބެފައިވަނީ ކަނޑުގެ ދިރުންތަކާއި ވެށީގެ ހިތްގައިމުކަމުގެ މައްޗަށް ކަމަށެވެ.

''އެހެންކަމުން އަޅުގަނޑުމެންގެ ގައުމުގެ ކުރިމަގަށްޓަކައި އަދި ވެށީގެ ހިމާޔަތަށްޓަކައި ގައުމުގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި ފަރުވާތެރިވާންޖެހޭ އަދި ފަރުދީ ފެންވަރުގައި ޒިންމާ އަދާކުރަން ޖެހޭ'' ނާޒިމް ވިދާޅުވެފަވެއެވެ.

މިއަަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ ''ޕްލާސްޓިކް ކުންޏަށް ހައްލެއް ގެންނަމާ!'' އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ނާޒިމެވެ.