ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ކެމްޕޭން މެނޭޖަރަކާއި ތަރުޖަމާނެއް މިރޭ ހަމަޖައްސައިފިއެވެ.

ނާޒިމްގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖެއްސީ ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި މުހައްމަދު ފަޔާޒް (އެފްއޭ)އެވެ. އޭނާ މީގެކުރިން ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު ކަން ވެސް ކުރައްވައިފައެވެ.

Ad
rt

ނާޒިމްގެ ކެމްޕޭން ތަރުޖަމާނަކަށް ހަމަޖެއްސީ އެމްއެންޕީގެ އެއް ފައުންޑާ، އަދި އެއް ނައިބު ރައީސް، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ.

ނާޒިމްގެ ކެމްޕޭން މެނޭޖަރުކަމަށާއި، ރިޔާސީ ކެމްޕޭންގެ ތަރުޖަމާނުން ކަނޑައެޅިއިރު، މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ނާޒިމް އަށް ރިޔާސީ ޓިކެޓް ހަވާލުކޮށް، ރިޔާސީ ކެމްޕޭން ރަސްމީކޮށް ލޯންޗް ކޮށްފައެވެ.

ނާޒިމްގެ ރިޔާސީ ކެމްޕޭން ޝިއާރަކީ ‘’އުޖާލާ ޒަމާން’’ އެވެ.

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.