ރޭގެ ވަގުތެއްގައި ނ.އަތޮޅު ފަރަކަށް އެރި ހއ. ދިއްދޫ މެގަ ހޯރަ ބޯޓް މިއަދު ހެނދުނު ފުންކޮށްފިއެވެ.

މި ބޯޓު ފުންކޮށްފައި ވަނީ މިއަދު ހެނދުނު 9:20 ހާއިރުކަމަށް މައުލޫމާތު ލިބިއެވެ.

Ad
rt

ރޭ މި ބޯޓު ފަރަށް އެރިއިރު 61 މީހުން ބޯޓުގައި ދަތުރުކުރިއެވެ.

މި ބޯޓު ފުން ކުރުމަށް ބޯޓުގައި ހުރި ބަރު މުދާތައް ވަނީ ކަންނެލި ދެ ދޯންޏަކަށް އަރުވާފައެވެ.

މެގަ ހޯރަ ފުންކޮށްފައި، ފޮޓޯ: އަސްލު ޓިންޓިން ލައިވް

ބޯޓަކީ އާންމުކޮށް ދިއްދޫ - ވަށަފަރު - ހަނިމާދޫ - މާލެ ރޫޓުން ދަތުރުތައް ކުރަމުން އަންނަ 98 ފޫޓްގެ އުޅަނދެކެވެ.

މި ބޯޓަކީ ތިން ރަށަށް މުދާ އުފުލާ ބޯޓެއް ކަމުން ބޯޓު ފަރަށް އެރީ ބޯޓަށް މުދާ ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށެވެ.

މައުލޫމާތު ލިބޭގޮތުގައި މި ބޯޓުގެ ހުރި މުދަލައް އަދި މީހަކަށް ގެއްލުމެއް ނުވެއެވެ.