އިންޑިއާގެ ކާގޯ ބޯޓުން ކަނޑަށްވެއްޓިގެން ހޯދަމުން ދިޔަ މީހާގެ ހަށިގަނޑު ފޭދޫފިނޮޅު ކައިރިން ފެނިއްޖެއެވެ.
ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ"އިން އިންޑިއާގެ ރައްޔިތަކު ކަނޑަށް ވެއްޓިގެން، އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރަމުން އަންނަކަމަށް އެ އިދާރާއިން ވަނީ ހޯމަ ދުވަހު ބުނެފައެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުނީ ހޯމަ ދުވަހުގެ 23:35 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ކުރިން ބުނެފައެވެ.
އެ މީހާ ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު، ކ.ފޭދޫފިނޮޅުގެ ދެކުނުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ މިއަދު ހޯދާފައިކަމަށް އެމްއެންޑީއެފުން ބުންޏެވެ.
’’އެ މީހާގެ ހަށިގަނޑު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައި’’ އެމްއެންޑީއެފުން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!