މާލޭގެ ބާޒާރުމަތީ ޑޯން ކެފޭ ކައިރީގައި ހުންނަ އިމާރާތެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ''ލިލީ އެފް އެންޑް ބީ ސަޕްލަޔާޒް 1 ބާޒާރު''ގައެވެ.

Ad
rt

މިތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައި ވަނީ ރޭ މެންދަމުއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ރޭ 01:00 ގައެވެ.

މިތަކުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ނިއްވާލާފައި ވަނީ ރޭ 02:39 ހާއިރުއެވެ.

މި ތަނަކީ ގޯޑައުންއެއްގެ ގޮތުގައި ބޭނުންކުރާ ތަނެކެވެ.