ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ރޯވެ ގެއްލުންވެއްޖެއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައިމިތަނުގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން މިހާރު ވަނީ ނިއްވާލަފައެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް 1ގެ ލޮޓް 10066 އެޕާޓްމަންޓްގައެވެ.
މި ހާދިސާގެ މަޢުލޫމާތު ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު ހެނދުނު 08:49 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު ވަގުތުން ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައި، އަލިފާން ނިއްވާލެވުނީ 09:25 ހާއިރު އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއެވެ.
ނަމަވެސް އެޕާޓްމަންޓުގެ އެއް ކޮޓަރިއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!