ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލުނު ހާދިސާގައި ގެއްލުނު މީހުން ހޯދަމުން އަންނަނިކޮށް އެކަކުގެ ހަށިގަނޑު ކަނޑު އަޑިން ނަގައިފިއެވެ.

ބަންޑުން ޖަހާލާފައި ވަނީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ އެ ލޭންޑިން ކްރާފްޓެކެވެ.

Ad
rt

އެމްއެންޑީއެފުން ބުނިގޮތުގައި އެ ލޭންޑިން ކްރާފްޓް މިހާރު ވަނީ އަޑިއަށް ގޮސްފައެވެ.

''އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކަނޑުގެ އަޑިން ނަގާފައި،'' އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނިގޮތުގައި ނިޔާވެފައި އޮއްވާ ފެނިފައި ވަނީ އަހްމަދު ސިފާން (38އ)، ސަރުސޫނުގެ/ގއ.ދާންދޫ އެވެ.

އަހްމަދު ސިފާންގެ ހަށިގަނޑު ކަނޑުއަޑިން ކޯސްޓް ގާޑް ޑައިވަރުންގެ ޓީމުން ކަނޑު އަޑިން ނަގާފައި ވަނީ ހެނދުނު 8:04 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލިގެން ހޯދަނީ

މި ހާދިސާގައި ގެއްލުނު އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނައިރު، ސަލާމަތްވި ހަތަރު މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.