މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އެމްއެންޑީއެފް

526 Stories filed
''އަސަރީ'' ދޯނީގެ އެހީތެރިކަމާއެކު ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި
Raajje

''އަސަރީ'' ދޯނީގެ އެހީތެރިކަމާއެކު ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި

ނ. އަތޮޅު ބޮއެގެ އުތުރުން 30 މޭލު ބޭރުން ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ނ. އަތޮޅު ބޮއިގެ އުތުރުން 30 މޭލު ބޭރުން ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ނޮދާން އޭރިޔާ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް މިއަދު ގެނެސްފައިވާކަމަށެވެ. މި ބޯޓުގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓް ކޮށްފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ “އަސަރީ” ދޯނިން މިއަދު ހެނދުނު 8:40 […]

އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަނީ
Raajje

އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަނީ

އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. ކޯސްޓްގާޑުގެ ބޭނުމަށް ތަރައްގީކުރާ މި ބަނދަރަކާއި ޑޮކްޔާޑް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ބަންޑާރަ ކޮށީގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ. އިންޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިންޑިއާގެ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު އެވެ. މިއަދު ސޮއިކުރި އެއްބަސްވުމު...

ގެއްލުނު ފަތުރުވެރިޔާ ހޯދަން ބޮޑު ސަރަޙައްދެއް ބަލައިފި، އަދިވެސް ނުފެނޭ
Raajje

ގެއްލުނު ފަތުރުވެރިޔާ ހޯދަން ބޮޑު ސަރަޙައްދެއް ބަލައިފި، އަދިވެސް ނުފެނޭ

އެކަނިމާއެކަނި ސްނޯކްލިންއަށް ގޮސްގެން އުޅެނިކޮށް އިއްޔެ ގެއްލުނު އަންހެން ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މިމަހު 13 ވަނަ ދުވަހު ރ. އަތޮޅު އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން އެކަނި މޫދަށް ދިޔަ އަންހެން ފަތުރުވެރިޔާގެ ޚަބަރެއް ނުވުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް މިއަދުވެސް އެމްއެންޑީއެފް ނޮދަން އޭރިއާ، ކޯސްޓްގާޑް ސްކޮޑްރަންއާއި ރިސޯޓްގެ މެނޭޖުމަންޓް ގުޅިގެން ކުރިއަށް ގެންދިޔަކަމަށެވެ. ”މިގޮތުން މިއަދު...

އެކަނި ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔާ އަދިވެސް ނުފެނޭ
International

އެކަނި ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔާ އަދިވެސް ނުފެނޭ

އެކަނިމާއެކަނި ސްނޯކްލިންއަށް ގޮސްގެން އުޅެނިކޮށް އިއްޔެ ގެއްލުނު އަންހެން ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އިންޓާކޮންޓިނެންޓަލް މޯލްޑިވަސް މާމުނަގައު ރިސޯޓުން ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލިގެން އެމްއެންޑީއެފްގެ ނޯތް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރި ވަމުންދާ ކަމަށް އެމްއެންޑީއެފް ރޭ ވަނީ ވިދާޅުވެފަ އެވެ. އަދި އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ ރޭ 8:20 ހާއިރު ކަމަށް ވެސް ވިދާޅުވިއެވެ. އެ އަންހެން ފަތުރުވެރިޔާ ލައިގެ...

މަސްވެރިކަމު އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ
Raajje

މަސްވެރިކަމު އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

ކުޅުދުއްފުޓާއި ދިމާލުގައި އަޅާފައި އޮންނަ ބޮއި ކައިރީ މަސްވެރިކަމު އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެމީހާ އަކީ ”ނިއުމަތް” ދޯނީގައި މަސްވެރިކަމު އުޅުނު އުމުރުން 35 އަހަރުގެ ދިވެއްސެއް ކަމަށެވެ. އެމީހާގެ ލޮލަށް ބުޅި ހެރުމުގެ ސަބަބުން ޒަޚަމްވެގެން އަވަސް ފަރުވާ ދިނުމަށް، އެމްއެންޑީއެފް ނޯތު އޭރިއާއިން ވަނީ މިހާރު އެމީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަަލަށް ގެންގޮސް ދީފައެވެ. މަސްވެރިކަމު އުޅޭ މީހުންގެ ލޮލަށް ބުޅި ހެރުމުގެ ހާދިސާތައް ހިންގުން...

ސީޕްލޭނެއް ވެއްޓިއްޖެ
Raajje

ސީޕްލޭނެއް ވެއްޓިއްޖެ

ހުޅުލޭ ފަޅުތެރެއަށް ޖައްސަން އުޅުމުގެ ތެރޭގައި ސީޕްލޭނެއް ވެއްޓިއްޖެއެވެ. ވެއްޓިފައި ވަނީ މަންތާ އެއާގެ ސީޕްލޭނެކެވެ. އަދި މިހާދިސާ ހިނގީ މިއަދުގެ ހެނދުނު 7:30 ހާއިރުއެވެ. އެ ސީ ޕްލޭނަކީ ކޮމޯ މާލިފުށިން ފަތުރުވެރިން ގޮވައިގެން ހުޅުލެއަށް ދަތުރުކުރި ސީޕްލޭނެއް ކަމަށް މައުލޫމާތު ލިބެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ސީޕްލޭނުން ދަތުރުކުރި 9 މީހުން ވެސް މިހާރު ސަލާމަތްކުރެވި، ކުރަމުން ދަނީ ލަގެޖްތައް ސަލާމަތް ކުރުމުގެ މަސައްކަތް ކަމަށެވެ. އެ ސީޕްލޭނުން ދަތުރުކުރީ 6 ފަތުރުވެރިއަކާއި 3 ފަޅުވެރިންނެވ...

ސިފައިންގެ ލަފާދޭ މަޖިލީހަށް ފުރަތަމަ ފަހަރަށް އަންހެން އޮފިސަރުން
Raajje

ސިފައިންގެ ލަފާދޭ މަޖިލީހަށް ފުރަތަމަ ފަހަރަށް އަންހެން އޮފިސަރުން

ސިފައިންގެ ލަފާދޭ މަޖިލީހަށް އަންހެން ދެ އޮފިސަރަކު އައްޔަން ކޮށްފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މިއީ ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ސީނިއަރ ރޭންކުގެ އަންހެން ދެ އޮފިސަރަކު އައްޔަން ކުރެއްވި ފަހަރު ކަމަށެވެ. ސިފައިންގެ ލަފާދޭ މަޖިލީހަށް އައްޔަން ކުރެއްވި އަންހެން ސީނިއަރ ދެ އޮފިސަރުންގެ ތެރޭގައި ހިމެނެނީ ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ.ފާތިމަތު ތަޙުސީނާ އިބްރާހީމެވެ. މި އޮފިސަރުންގެ ތެރެއިން ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީންއ...

ޑައިވިން ދޯންޏެއްގެ ކެޕްޓަން ހާލު ގޯސްވެ މާލެ ގެންދަނީ
Raajje

ޑައިވިން ދޯންޏެއްގެ ކެޕްޓަން ހާލު ގޯސްވެ މާލެ ގެންދަނީ

”އީކުއޭޓަރ” ސަފާރީގެ ޑައިވިން ދޯނީގެ ކެޕްޓަންގެ ސިއްހީ ހާލަތު ގޯސްވެ، އޭނާ މާލެ ގެންދިޔުމުގެ މަސައްކަތް ކުރަށްވަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާލޭގެ ހުޅަނގު ދެކުނު 21 ނޯޓިކަލް މޭލު ބެރުގައި އޮތް ”އީކުއޭޓަރ” ސަފާރީގެ ޑައިވިން ދޯނީގެ ކެޕްޓަންގެ ސިއްހީ ހާއްލު ގޯސްވެ، އެ އިދާރާގެ އެހީތެރިކަމަށް އެދުމުން އަވަސް ފަރުވާއަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ. މިގޮތުން އެމްއެންޑީއެފްގެ މާލޭ އޭރީގެ ކޯސްޓް ގާޑުން މިހާރު އެމީހާ […]

ސަރވޭ ދަތުރެއްގައި އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް" ރާއްޖޭގެ އުތުރަށް
Raajje

ސަރވޭ ދަތުރެއްގައި އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް" ރާއްޖޭގެ އުތުރަށް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އާއި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ފެށުމަށް ރޭވިފައިވާ، ރާއްޖޭގެ ނެވިގޭޝަން ޗާޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އިންޑިއަން ނޭވީ ޝިޕް “ދަރްޝަކް”، މިއަދު ރާއްޖެ އަތުވެއްޖެއެވެ. އެމްއެންޑީއެފްއިންބުނީ މި ސަރވޭ ކުރުމަށް ހަމަޖެހިފައިވަނީ ފޭސްތަކަކަށް ބަހާލައިގެންނެކަމަށާއި، މި މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުން ފެށިގެން ށ. އަތޮޅާ ހަމައަށްކަމަށެވެ. މި ސަރވޭގައި ހދ. ކުޅުދުއްފުށި އިން...

ފުރަތަމަ ފަހަރަށް ދިވެހި އަންހެން ސިފައިން އަސްކަރިއްޔާގެ އިސް ރޭންކަކަށް
Raajje

ފުރަތަމަ ފަހަރަށް ދިވެހި އަންހެން ސިފައިން އަސްކަރިއްޔާގެ އިސް ރޭންކަކަށް

ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓެނެންޓް ކާނަލްގެ މަޤާމަށް އަންހެން ސިފައިން ރޭންކްކޮށްފިއެވެ. މި އަންހެން އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދެއްވާފައިވަނީ، ސިފައިންނަށް މަޤާމުގެ ކުރިއެރުން ދެއްވުމަށް އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މި ރޭންކަށް 3 އަންހެން ބޭފުޅަކަށް މަޤާމުގެ ކުރިއެރުން ދެއްވާފައިވާއިރު، މި ތިން ބޭފުޅުންނަކީ ވެސް ކުރިން މޭޖާ ރޭންކުގައި ތިއްބެވި ސިފައިންނެވެ. އެއީ މޭޖާ ހައްވާ ޝެނީން އާއި މޭޖާ ޑރ. ފާތިމަތު ތަހުސީނާ އާއި މޭޖާ ޑރ. އައިމިނަތު […]

ސީނިއަރ ހަތަރު އޮފިސަރެއް، ބްރިގޭޑިއަރ ޖެނެރަލް ރޭންކަށް
Raajje

ސީނިއަރ ހަތަރު އޮފިސަރެއް، ބްރިގޭޑިއަރ ޖެނެރަލް ރޭންކަށް

ކާނަލް ރޭންކުގައި ތިއްބެވި ސިފައިންގެ ސީނިއަރ ހަތަރު އޮފިސަރަކަށް ބްރިގޭޑިއަރ ޖެނެރަލް ރޭންކަށް މަޤާމުގެ ކުރިއެރުން ދެއްވައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ހަތަރު އޮފިސަރުންނަށް ބްރިގޭޑިއަރ ޖެނެރަލް ރޭންކަށް މަޤާމުގެ ކުރިއެރުން ދެއްވީ މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. މިގޮތުން މަގާމްގެ ކުރިއެރުން ލިބުނު އޮފިސަރުންނަކީ، ކާނަލް ރޭންކުގައި ތިއްބެވި ސީނިއަރ ހަތަރު އޮފިސަރުންކަމުގައިވާ މުޙައްމަދު ޝަރީފްއާއި، އިސްމާޢީލް ޝަރީފްއާއި، ޢަބްދުﷲ ޒުހުރީ އަދި ޢަބްދުލް މަތީން އަ...

ޖެޓްސްކީގައި ފުރި ދެ މީހުން ފެނިއްޖެ
Raajje

ޖެޓްސްކީގައި ފުރި ދެ މީހުން ފެނިއްޖެ

ޅ. އަތޮޅުގައި އޮންނަ ފުށިފަރު ރިސޯޓުން ޖެޓްސްކީއެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަނިކޮށް ފެނިއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެމީހުން ފެނުނީ މިރޭ 20:42 ހާއިރު، ޅ. އަތޮޅު ކުރެއްދޫ ރިސޯޓު ކައިރިން، އެ ރިސޯޓުގެ ލޯންޗަކަށް ކަމަށެވެ. އެ ދެ މީހުން ފެނުނީ ޖެޓްސްކީގެ އިންޖީނު ހުއްޓިގެން އޮޔާ ދަނިކޮށް ކަމަށާއި، އެ ދެމީހުންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި އެ ދެމީހުން ވެސް މިހާރު ވަނީ ކުރެއްދޫ ރިސޯޓަށް ގެންދެވިފައި ކަމަށް ވެސް […]

ޖެޓްސްކީއެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަނީ
Raajje

ޖެޓްސްކީއެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަނީ

ޅ. އަތޮޅުގައި އޮންނަ ފުށިފަރު ރިސޯޓުން ޖެޓްސްކީއެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ ފުށިފަރު ރިސޯޓުން ޖެޓްސްކީއެއްގައި ފުރި ދެ ދިވެހިން ގެއްލިގެން ހޯދަން ފަށާފައިވާ ކަމަށެވެ. އެ ދެމީހުންނަކީ ވެސް އެ ރިސޯޓުގެ މުވައްޒަފުން ނެވެ. އަދި އެއީ އެ ރިސޯޓުގެ އަންހެން މުވައްޒަފަކާއި، ފިރިހެން މުވައްޒަފެއް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެ އަންހެން މުވައްޒަފުގެ އުމުރަކީ 29 އަހަރެވެ. ފިރިހެން މުވައްޒަފުގެ އުމުރަކީ 24 އަހަރެވެ. އެމީހުން […]

ގެއްލިގެން ހޯދަމުން ދިޔަ ދޮށީ އުމުރުގެ މާފުށި މީހާ ފެނިއްޖެ
Raajje

ގެއްލިގެން ހޯދަމުން ދިޔަ ދޮށީ އުމުރުގެ މާފުށި މީހާ ފެނިއްޖެ

އެކަނި މަހަށް ފުރި، ކ. މާފުށި، ޝޭޑީ ގްރޯވް، އަހުމަދު އާދަމް ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އުމުރުން 81 އަހަރުގެ އަހުމަދު އާދަމް ހޯދައި މިހާރު ކޯސްޓް ގާޑަށް ނަގާފައިވާ ކަމަށެވެ. އަދި ކޯސްޓްގާޑް ލޯންޗް އޭނާ ގޮވައިގެން މާފުއްޓަށް މިހާރު ދަތުރު ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެމްއެންޑީއެފުން ކުރިން ވަނީ 18 ފޫޓުގެ ރިޔާ ދޯންޏެއްގައި ކ. މާފުށިން މަހަށް ދިޔަ އުމުރުން 81 އަހަރުގެ ދިވެހި […]

އެކަނި މަހަށް ފުރި ދޮށީ އުމުރު މީހަކު ގެއްލިގެން ހޯދަނީ
Raajje

އެކަނި މަހަށް ފުރި ދޮށީ އުމުރު މީހަކު ގެއްލިގެން ހޯދަނީ

ކ. މާފުށިން ރިޔަލު ދޯންޏެއްގައި އެކަނި މަހަށް ނުކުތް 81 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. އެމްއެންޑީއެފުން ވިދާޅުވީ 18 ފޫޓުގެ ރިޔާ ދޯންޏެއްގައި ކ. މާފުށިން މަހަށް ދިޔަ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަމުން ގެންދާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓް އެއިދާރާއަށް ލިބުނީ މިއަދު މެންދުރު ފަހު 14:08 ހާއިރުއެވެ. އެ މީހާ މަހަށް ފުރީ ފަތިހު 5:30 އެހާކަންހާއިރު އެވެ. އޭގެ ފަހުން މިވަގުތާއި […]